ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއްވެސް ދޮގު ކޮށް އިންކާރުކޮށްފިނަމަ އެމީހަކު ދީނުން ބޭރުވާނެ ކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އެކާވީސް ވަނަ ގަރުނުގައި ޤިޞާޞް ހިފުމޭކިޔައި، މަރަށްމަރު ހިފަން އުޅުނީ ސިކު ބައެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫރާފު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. ޝައިޚު ޒައިދު ވިދާޅުވީ ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވާ ހުކުމް ފުޅަކަށް އިންކާރު ކުރުމަކީ އެއްވެސް މުސްމިލިމަކަށް ކުރެވޭނެ ކަމެއްނޫންކަމަށެވެ. އެދި ޤުރުއާއުނުގައި ބަޔާން ކޮށްފައިވާ ހުކުމްތަކަށް އިންކާރު ކުރާ މީހަކީ ދީނުން ބޭރުވެފައިވާ މީހެއްކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ޝައިޚު ޒައިދު ވިދާޅުވީ ޤުރުއާނުގައި ބަޔާން ކޮށްފައިވާ ޤަތުޢީ އެއްވެސް ހުކުމަކަށް އިންކާރު ކޮށްފި މީހަކުވެސް ދީނުން ބޭރުވާނެކަމަށެވެ. ކީރިތި ޤުރުއާނުގައި ބަޔާން ވެގެންވާ ހުކުމްފުޅު ތަކަކީ ހުރިހާ ޒަމާނަކަސްވެސް ފެތޭ އެންމެ ފުރިހަމަ ހުކުމްފުޅުތަކެއްކަމަށް ޝައިޚު ވިދާޅުވިއެވެ.
ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއްވެސް ދޮގު ކޮށް އިންކާރުކޮށްފިނަމަ އެމީހަކު ދީނުން ބޭރުވާނެ! އަދި ޤުރުއާން ގައިވާ ޤަތުޢީ އެއްވެސް ހުކުމަކަށް އިންކާރު ކޮށްފި މީހަކުވެސް ދީނުން ބޭރުވާނެ! ޤުރުއާންގައިވާ އެންމެހައި ހުކުމްފުޅުތަކަކީވެސް ހުރިހާ ޒަމާނަކަށް ފެތޭ އެންމެ ފުރިހަމަ ހުކުމްފުޅުތައް.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ކައުންސިލް ކެމްޕެއިންގައި އެމްޑީޕީ އޮފީސް ކުރިމަތި ހުންނަވައިގެން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފަން ކަމަށްބުނެ ޤިޞާޞް ހިފުނުމުގެ ނަމުގައި ކެބިނެޓަށް ކަރުދާސް ހުށަހަޅައި ބޮޑެތި ޕްރެޒެންޓޭޝަން ހުށަހަޅައިގެން މަސައްކަތް ކުރައްވާފައިވާކަމަށެވެ. މިއީ އެކާވީސް ވަނަ ޤަރުނަށްވާއިރު މިފަދަ ކަންކަން ހުށަހެޅި ސިކުބަޔަކު މިއަދު ކަންކާއި ކުރިމަތިލާކަމީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއްނޫންކަމަށް ވަހީދު ވިދާޅުވިއެވެ.
މީހުން މަރާންވެގެން ގިޞާޞް ހިފާނަމޭ ކިޔައިގެން ކެބިނެޓަށް މިއޮތް ގަރުނުގައި އެއިންޖެކްޝަން ޖަހާލީމާ މަރުވާން ދާއިރު މީހުންނަށްވާން ވާގޮތް ކެބިނެޓަށް ޕްރެސެންޓޭޝަން ހުށަހެޅި ސިކު ބައެއްގެ ވާހަކަ މިދައްކަނީ. ސިކު ބައެއްގެ ވާހަކަ މިދައްކަނީ.
– ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އޭރުގެ ސަރުކާރުން މަސައްކަތް ކުރީ މަރަށް މަރު ހިފުމާއި، މިނޫންވެސް އެކި ނަންމުގައި ކަންކަން ހިންގައި މިނިވަންކަން ނަގާލުމަށް ކަމަށެެވެ. ނަމަވެސް އެކަން އޭރުގައި ކާމިޔާބު ނުވިކަމަށެވެ. ވަހީދުގެ މިވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށްވަނީ ސޯޝަލް މިޑިޔާގައި އަމާޒުވެފައެވެ. ޤިޞާޞް ހިފުމަކީ އިސްލާމްދީން ބާރުއަޅާ ކަމަށްވީނަމަވެސް އެކަމާއި ދެކޮޅަށް ބައެއް ސިޔާސީ ފަރާތްތަކުން ވާހަކަތައްވައެވެ.
ކޮމެންޓު ފޮނުވާ