އެކާވީސް ވަނަ ގަރުނުގައި ޤިޞާޞް ހިފުމޭކިޔައި، މަރަށްމަރު ހިފަން އުޅުނީ ސިކު ބައެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫރާފު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ކައުންސިލް ކެމްޕެއިންގައި އެމްޑީޕީ އޮފީސް ކުރިމަތި ހުންނަވައިގެން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފަން ކަމަށްބުނެ ޤިޞާޞް ހިފުނުމުގެ ނަމުގައި ކެބިނެޓަށް ކަރުދާސް ހުށަހަޅައި ބޮޑެތި ޕްރެޒެންޓޭޝަން ހުށަހަޅައިގެން މަސައްކަތް ކުރައްވާފައިވާކަމަށެވެ. މިއީ އެކާވީސް ވަނަ ޤަރުނަށްވާއިރު މިފަދަ ކަންކަން ހުށަހެޅި ސިކުބަޔަކު މިއަދު ކަންކާއި ކުރިމަތިލާކަމީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއްނޫންކަމަށް ވަހީދު ވިދާޅުވިއެވެ.
މީހުން މަރާންވެގެން ގިޞާޞް ހިފާނަމޭ ކިޔައިގެން ކެބިނެޓަށް މިއޮތް ގަރުނުގައި އެއިންޖެކްޝަން ޖަހާލީމާ މަރުވާން ދާއިރު މީހުންނަށްވާން ވާގޮތް ކެބިނެޓަށް ޕްރެސެންޓޭޝަން ހުށަހެޅި ސިކު ބައެއްގެ ވާހަކަ މިދައްކަނީ. ސިކު ބައެއްގެ ވާހަކަ މިދައްކަނީ.
– ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އޭރުގެ ސަރުކާރުން މަސައްކަތް ކުރީ މަރަށް މަރު ހިފުމާއި، މިނޫންވެސް އެކި ނަންމުގައި ކަންކަން ހިންގައި މިނިވަންކަން ނަގާލުމަށް ކަމަށެެވެ. ނަމަވެސް އެކަން އޭރުގައި ކާމިޔާބު ނުވިކަމަށެވެ. ވަހީދުގެ މިވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށްވަނީ ސޯޝަލް މިޑިޔާގައި އަމާޒުވެފައެވެ. ޤިޞާޞް ހިފުމަކީ އިސްލާމްދީން ބާރުއަޅާ ކަމަށްވީނަމަވެސް އެކަމާއި ދެކޮޅަށް ބައެއް ސިޔާސީ ފަރާތްތަކުން ވާހަކަތައްވައެވެ.
އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ މީގެ ކުރިން މަރުގެ ހުކުމާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކާފައެވެ. ދާދިފަހުން ރާއްޖޭގައި ވަނީ އުމުރުން 18 އަހަރު ނުވާ ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ނުދެވޭގޮތައް ގާނޫނު ވެސް ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ