އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 އޭޕްރިލް 2021 10:49
0

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލާގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން 23 އަހަރުގެ ފިރިހެނަކައި، 24 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ ފިރިހެއް ހައްޔަރު ކޮށްފައިވާކަމަށެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި ދުވަހު އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި އިދިކޮޅު އެމްޑީޕީއާއި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ބަހުގެ ހޫނުނު ހަމަލާތައް ބަދަލުކޮށް މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވެއެވެ. އެދުވަހުގެ ހަމަނުޖެހުން ކޮންޓްރޯން ކޮށްފައިވަނީ ފުލުހުން އެސަރަހައްދަށް ގޮސްގެންނެވެ.

އެމްޑީޕީގެ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލާގައި އެޕާޓީން ވަނީ އެދުވަހު ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. އަދި މިއަމަލީ ވަރަށް ޒިންމާދާރުކަންކުޑަ ނާތަހުޒީބު އަމަލެއްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.