މާރާމާރީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ފުލުހަށް ހާޒިވާން އަންގައިފި

މާރާމާރީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ފުލުހަށް ހާޒިވާން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
15 އޭޕްރިލް 2021 10:32
0

ފުލުހުން ބަލަމުންދާ މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައިފިއެވެ.

ފުލުހުން ބުނެފައިވަނީ މަރާމާރީގެ މައްސަލާގައި ހާޒިވުމަށް އަންގާފައިވަނީ ލ.ގަން. ތުނޑި، އިހުރާމުގެ، ޙުސައިން ސުޢޫދު (28އ) ކަމަށެވެ. އޭނާ ހާޒިރު ކުރަން އަންގާފައިވަނީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް/ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ލ.ގަން ޕޮލިސް ސްޓޭޝަނަށެވެ.

އޭނާ ހާޒިރުވުމަށް އާންމުކޮށް އަންގައި އިއުލާން ކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.