މައްސަލަތައް ހައްލުކުރެވޭނީ އެމްޑީޕީއަށް، ކުރިއަށްދާންވީ ކަންކަން ރަނގަޅުކޮށްގެން: ޝަމާއު

މައްސަލަތައް ހައްލުކުރެވޭނީ އެމްޑީޕީއަށް، ކުރިއަށްދާންވީ ކަންކަން ރަނގަޅުކޮށްގެން: ޝަމާއު

Author
މުޙައްމަދު ޝަޒައިމް
15 އޭޕްރިލް 2021 10:16
0

ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ކުރިއަށްދާންވީ ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކޮށްގެން ކަމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅު ވެއްޖެއެވެ.

މިހާރު އޮތް މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ތަމްސީލު ކުރައްވަމުންދާ ޝަމާލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން ރައްޔިތުން ދެކެންބޭނުންވި ވަރަށް ގިނަ ކަންކަން އެމްޑީޕީއާއި މަތިކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުން އެންމެބޮޑަށް އުންމީދުކޮށްގެންތިވީ ވައްކަމުގެ މައްސަލަތަކާއި، ޚިޔާނާތާއި އެނޫންވެސް ބައެއް ކަންތައްތައް ކަމަށެވެ.

މީގެ އިތުރުން އިންސާފު ޤާއިމްކުރުމަށް އޮތް ބޮޑު ހުރަކީވެސް ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އިންތިޚާބުގައިވެސް އަދި އިންތިޚާބުގެ ކުރިންވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށްވާއިރު އެމައްސަލަވެސް ހައްލު ކުރެވެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހުރިހާ ކަމެއްވެސް ހައްލު ކުރެވޭނީ އެމްޑީޕީއަށް ކަމަށާއި، އެމްޑީޕީން މިކަންކަން ހާސިލް ކުރާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުން ގިނަ ބަޔަކު ދެކެން ބޭނުން މަންޒިލަކީ ވައްކަމާއި، ދެކޮޅު އިންސާފު ޤާއިމްވެފައިވާ، ބޯހިޔާވަހިކަން ކަށަވަރުވާ، ޒިންމާދާރު ތަހުޒީބީ މުޖުތަމައު އަކަށް ރާއްޖެ ވުން. މިކަންކަން ރަނގަޅު ކުރެވޭނީވެސް އެމްޑީޕީއަށް. ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކޮށްގެން ކުރިއަށްދާންވީ.

– ޝަމާއު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަކީ، މާލޭގައި ހުރި މައްސަލަތައް ހައްލުކުރަން ދިން މެސެޖެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި، އެކަންކަން ދެނެގަނެ ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މާލެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. ރައީސް ވިދާޅުވީ، އެކަން ބޮޑަށް އެނގޭނީ ދިރާސާތަކެއް ހެދިގެންކަމަށާއި، އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަކުރެއްވިފައިވާކަމަށާއި، އެއީ ހައްލު ހޯދައިދޭންޖެހޭ މައްސަލައެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

a ahmed
Mi raajeyga vahkan kuree emme meeheh eyna e othee jaluga