ދަފްތަރު މީހުންނަށް މަޖިލީހުގެ ޚާއްސަ ދާއިރާއެއް ކަނޑައަޅަންޖެހޭ: އަލީ ހުސެއިން

ދަފްތަރު މީހުންނަށް މަޖިލީހުގެ ޚާއްސަ ދާއިރާއެއް ކަނޑައަޅަންޖެހޭ: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2021 08:58
0

މާލޭގެ ދަފްތަރުގައި ޖައްސަފައިވާ މީހުންނަށް ވަކި ދާއިރާއެއް ޚާއްސަކުރައް ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި ގެއްލިގެން ދިޔައީ އެ ދާއިރާއަށް ދަފްތަރުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވޯޓްލާ ގޮތަށް ކަނޑައެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އާންމުގެ ބޮޑެތި ފާޑުކިޔުން އަމާޒުވާތީ އަލީ ހުސެއިން ވިދާޅުވީ ދަފްތަރުގއި ޖައްސާފައިވާ މީހުންނަށްވެސް ހައްގުތައް ކަށަވަރުކޮށް ދޭންޖެހޭކަމަށެވެ.

ދަފްތަރުގެ މީހުންނަކީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެކި ފަހަރު އެކި ދާއިރާތަކަށް ޖައްސަން ތިބޭބަޔަކަށް ވެގެން ނުވާނެކަމަށެވެ. އަދި އެމީހުންނަކީވެސް އުންމީދުތަކެއް އޮތްބައެއްކަން ބަލައިގަނެ އެމީހުންނަށް ޚާއްސަ ދައިރާއެއް މަޖިލީހުން ކަނޑައަޅަން ޖެހޭކަމަށެވެ.

ދަފްތަރުގެ މީހުންނަކީ އެކިފަހަރު އެކިދާއިރާތަކުގައި ވިއްދަން ބޭނުންކުރާ ގެރިތަކަކަށް ވެގެންނުވާނެ. އެ މީހުންގެ އުންމީދުތަކާއި އިހުސާސްތަކުގެ އަޑު މަޖްލީހުގައި ތަމްސީލު ކުރުމަށް ވަކިޚާއްސަ ދާއިމީ ދާއިރާތަކެއް ކަނޑައެޅެން ޖެހޭ. ޖެރީމެންޑަރިން ނޫންގޮތެއް ބޭނުން.

– އަލީ ހުސެއިން ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބެނީ އިދިކޮޅު ޕީޕީއެމްއަށެވެ. މާލޭގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމްއަށް 12 ގޮނޑި ލިބިފައިވެއެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑިއެއް ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންސަފާ
އޭރުންތާ މީސްކޮޅު ގަނެލަން ފަސޭހަ ވާނީ