ފައިޒަރ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރާ ފަރާތަކަށް ކަނޑައެޅޭ ގަނޑިއަށް ހާޒިވުމަށް އެދިވަޑައިގެންފި

ފައިޒަރ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރާ ފަރާތަކަށް ކަނޑައެޅޭ ގަނޑިއަށް ހާޒިވުމަށް އެދިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2021 08:29
0

ފައިޒަރ ވެކްސިން ދިނުމަށް ރަޖިސްޓްރީ ކުރުމަށްފަހު އެޕޮއިންޓްމެންޓް ދެވޭ ދުވަހާއި ގަޑިއަށް ހާޒިރުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފިއެވެ.

ކޯވިޑަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިން ރާއްޖޭގައި ދޭންފަށައިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ފައިޒަރ ވެކްސިން ދިނުމަށް މިހާރު ހަމަޖެހިފައިވަނީ 16 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކެވެ. މާލެ ސަރަހައްދުގައި ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ކަމަށެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖެހުމަށް ރަޖިސްޓްރީން ކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު އެޕޮއިންޓްމެންޓް ދެވޭ ދުވަހާއި ގަޑިއަށް ހާޒިރުވުމަށް އެދިވަޑައިގެންފައެވެ. ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށްވަނީ 5500 ފައިޒާ ވެކްސިން ޑޯޒް ލިބިފައެވެ. މިވެކްސިން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. މިވެކްސިން ރައްކާކޮށްފައި ބަހައްޓަންޖެހެނީ ފިނިހޫނުމިން 70 ޑިގްރީގައެވެ.

މިވެކްސިން މައިގަނޑުގޮތެއްގައި މާލެ ސިޓީގައި ޖެހުމަށް ނިންމާފައިވީނަމަވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށެވެ. އެގޮތުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ޑަޔަލިސިސް ހަދަމުންދާ މީހުންނާއި ކެންސަރުގެ ފަރުވާއެއްކަމުގައިވާ ކީމޯތެރަޕީއާއި ރޭޑިއޯތެރަޕީ ދޭ މީހުންނާއި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވާ ފަދަ ބޭސްތައް އެކި ސަބަބުތަކަށްޓަކައި ބެނުންކުރާ މީހުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.