އީގަލްސްއާއި ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީ ކުޅުނު މެޗުގެ ތެރެއިން | ފޮޓޯ:އެފްއޭއެމް

އީގަލްސް އާއި އަބަހާނީ މެޗު ނޭޕާލުގައި ކުޅެން ނިންމައިފި

އީގަލްސް އާއި އަބަހާނީ މެޗު ނޭޕާލުގައި ކުޅެން ނިންމައިފި

ގުޅުންހުރި

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ކުލަބު އީގަލްސް ބައްދަލުކުރާ މެޗު ނޭޕާލުގައި ކުޅެން ނިންމައިފިއެވެ.

އޭއެފްސީން މިގޮތަށް ނިންމާފައިވަނީ މި މެޗު ބަންގްލަދޭޝްގައި ކުޅުމަށް ގިނަ މަސައްކަތްތަކެއް އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ކުރި ނަމަވެސް ކޮވިޑް-19 ގެ ހާލަތު އެ ގައުމުގައި ގޯސްވެ ލޮކްޑައުންކޮށްފައި ވުމުންނެވެ.

އީގަލްސް އާއި އަބަހާނީގެ މެޗު ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މިއަދު ކުޅޭ ގޮތަށެވެ. އެކަމަކު ބަންގްލަދޭޝްގެ ހާލަތަށް ބަލައި އޭއެފްސީން ވަނީ މި މެޗު މި މަހު 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މިހާރު މި މެޗު ކުޅުމަށް އޭއެފްސީން ހަމަޖައްސާފައިވަނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ދަސްރަތު ސްޓޭޑިއަމެއެވެ.

ޑާކާ އަބަހާނީ އާއި ކްލަބް އީގަލްސް ބައްދަލުުކުރާ މެޗު ނޭޕާލަށް ބަދަލު ކުރި ނަމަވެސް، އަބަހާނީގެ ޓީމަށް ނޭޕާލަށް ދަތުރު ކުރެވިދާނެކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެއީ ބަންގުލަދޭޝްގައި ކޮވިޑް-19 ގެ ނުރައްކާ އިތުރަށް ބޮޑުވާން ފެށުމުން، އިންޓަނޭޝަނަލް ފުލައިޓުތައް މަޑުޖައްސާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

އަބަހާނީގެ ޓީމު މެނޭޖަރު ސަތުޔަޖީތު ދާސް ރޫޕޫ ބަންގްލަދޭޝް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ޓީމުން މަސައްކަތްކުރަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ލަސްވެގެން ނޭޕާލަށް ދިއުމަށެވެ. އެކަމަކު ވައިގެ ދަތުރުތައް ހުއްޓާލުމުން ގޮންޖެހުންތަކެއް ހުރުމުން، އޭއެފްސީއަށް އެކަން އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި އީގަލްސް ވާދަކުރާއިރު، ޕްރިލިމިނަރީ ދެވަނަ ބުރަށް އެ ޓީމު ދަތުރުކުރީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ޕްރިލިމިނަރީ ދެވަނަ ބުރުގައި އަބަހާނީ އާއި އީގަލްސް ބައްދަލުކުރާއިރު، މި ބުރުން އީގަލްސް މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އެ ޓީމު ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *