އަލީ ރަމީޒު، އިގިރޭސި ސަފީރަށް: ﷲ ކަމަނާއަށް ތެދުމަގު ދައްކަވާށި!

އަލީ ރަމީޒު، އިގިރޭސި ސަފީރަށް: ﷲ ކަމަނާއަށް ތެދުމަގު ދައްކަވާށި!

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2021 07:29
0

އިގިރޭސިވިލާރުން ރާއްޖެއަށް ކަޑައަޅާފަ ހުންވާ ހައިކޮމިޝަނަރ، ކަރޮން ރޮސްލަރ، ހުރިހާ ދިވެހިންނަށްވެސް ރޯދަމުހުގެ ތަހުރިޔާ ފޮނުއްވުމަށް ކުރެއްވި ޓުވީޓުގައި، މިރޯދަމަހު، މުސްލިމުންނާއި އެއްބައި ވުމުގެ ގޮތުން، ރޯދަ ހިފާ ގުރުއާން ވިދާޅުވާނެ ކަމަށް ވިދާޅުވުމުން، އިގިރޭސި ސަފީރަށް ތެދުމަގު ދެއްކެވުން އެދޭކަމަށް ވިދާޅުވެ، އަދި ގުރުއާން ވިދޅުވުމަށްފަހު އޭގެ މާނައާއިމެދުވެސް ފުންކޮށް ވިސްނެވުމަށް އެދިވަޑައިގެން، އިގިރޭސި ސަފީރަށް ނަސޭހަތްތެރި ވެއްޖެއެވެ.

ރޯދަ މަހަށް މަރުހަބާ ވިދާޅުވެ އިގިރޭސި ސަފީރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ރޯދަމުހުގައި، ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން އެ ރޯދަމަހަކީ ހުރިހާ އެންމެންނަށްވެސް ދަތި މަހަކަށް ވެގެން ދިޔަކަމަށާއި އެހެންނަމަވެސް، މި ރޯދަމަސް މިއީ ފަސޭހަ ރޯދަމަހަކަށް ވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

 "ކަމަނާ ވިދާޅުވުމަށް ތިޔަ ވައުދުވީ އާލަމްތަކުގެ ވެރި ރަސްކަލާގެ ބަސްފުޅު. އެކަނލާގެ ވަޚީ ބަސްފުޅު. ޤުރުއާން ވިދާޅުވުމަށްފަހު، އޭގެ މާނައާމެދު ވިސްނަވާ. ﷲ އިރާދަ ކުރެއްވިއްޔާ ކަމަނާގެ ހިތް އިސްލާމްކަމުގެ ނޫރުން އަލިކުރައްވާނެ. މާތް ﷲ ކަމަނާއަށް ދެދުމަގު ދައްކަވާށި.

– އިގިރޭސި ސަފީރުގެ ޓުވީޓަށް ޖަވާބު ދެއްވަމުން އަލީ ރަމީޒު ޓުވީޓު ކުރައްވާފައި ވެއެވެ.

އަލީ ރަމީޒުގެ މި ޓުވީޓާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކުވަނީ، އިގިރޭސިވިލާތުން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރަށް ތެދުމަގު ދެއްކެވުމަށް އެދި އަލީ ރަމީޒު މިކުރެއްވި ޓުވީޓުގައި ބައިވެރިވުމުގެ ގޮތުން ޓުވީޓު ކުރައްވާފައެވެ.

އިނގިރޭސިވިލާތުން ރައްޖެއަށް ކަޑައަޅުއްވާ އެމްބެސެޑަރއަކަށް، އިގިރޭސި ރާނީ ކާރޮން ރޮސްލަރ ހަމަޖައްސަވާފައި ވަނީ، 2019 ވަނަ އަހަރުގެ ޖުލައިމަހުއެވެ. އަދި އެއަށްފަހު ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި ގުޅިގެން 1 ފެބްރުއަރީ 2020 ވަނަ އަހަރުންފެށިގެން، އިގިރޭސި ވިލާތުން ރާއްޖެއަށް ކަޑައަޅުއްވާ ހައި ކޮމޝަނަރއަކަށް އެކަމަނާގެ މަގާމް ބަދަލު ކުރެވުނެވެ.

ހައިކޮމިޝަނަރއެއްގެ ގޮތުގައި އިގިރޭސިވިލާތުން ރާއްޖެއަށް ކަޑައެޅުއްވުމުގެ ކުރިން ކަރޮން ރޯސްލަރ ވަނީ  އެމެރިކާގެ ވޮޝިންގޓަން ޑީސީގައި މަސައްކަތް ކުރައްވާ އަދި ސީޝެލްއަށް ކަޑައަޅުއްވާ އިގިރޭސި ހައިކޮމިޝަނަރގެ މަގާމްވެސް އަދާކުރައްވާފައެވެ.

ކަރޮން ރޯސްލަރ ފާހަގަ ވެފައިވަނީ، ރާއްޖޭގައި ކުރިޔަށް ގެންދެވޭ ގިނަ އިޖުތިމާއީ ހަރަލާތްތަކުގައި ބައިވެރިވަޑައިގަންނަވާ، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގިނައިން ދަތުރުކުރައްވަން ޝައުގުވެރި ވެވަޑައިގަންނަވާ ބޭކަނބަލެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H HabIbu
މަށަކީވެސް ކުރިން އެމްޑީޕީ ވަރެއްނެތިގެން ބޮވެންވާނެ ކަމައްބުނިއިރުވެސް މަގުގެއްލި އެކަމައްތަރުހީބުދީ ހަޑިހުތުރު އެއްޗެހިގޮވާ އަލިފާންރޯކޮއް ތަންތަނުގެ ބިއްލޫރިތަޅާ މިހެންއުޅެމުންދިޔަމީހަކީން ނަމަވެސް ﷲ ތެދުމަގު ދައްކަވަން ހުރިމީހަކައް ތެދުމަގު ދައްކަވާނެ މަޖިލީހުގާ އިޓަލީ ބަހުން ވާހަކައް ދެއްކުން އޯކޭވެފަ މައުހަދުން ކިޔަވާ މިސްރުގެ އަޒުހަރުން މަތީތައުލީމު ހާސިލު ކުރިފަރާތެއް އަރަބިބަހުން ވަގުތުގެބޭނުން ހެޔޮގޮތުގަހިފުމައް ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގަ އިންނަވާ މީހަކު މިބުނަނީ ގުރުއާން ނުކިޔަވާ ވީމާ އިންސާނެއްގެ ސިފައިގަވާ ސައުތޯނެއް ފަހަތުގަ ހުރުމަކީ ބުއްދިވެރިކަމަކައް ނުވާތީ މިއަދުންފެށިގެން އެޕާޓީޔަށާ އެސައިތޯނާޔައް ދާއީދުކުރުން ހުއްޓާލައިފިން މާތްﷲ ތިޔައެންމެނައް ތެދުމަގު ދައްކަވާށި އާމިން.
އ އެކޮއި
އިގިރޭސި ވިލާތުން ރާއްޖެއައް ކަޑައަޅިއްވާފަ ހުންނެވިސަފީރައް ހެޔޮވިސް ނުންދެއް ވާށި އާމީން