އަލީ ރަމީޒު، ޒާހިރަށް: އަބަދު މީހުންނަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާ ނުލެވޭނެ

އަލީ ރަމީޒު، ޒާހިރަށް: އަބަދު މީހުންނަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާ ނުލެވޭނެ

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2021 03:27
0

އަބަދު މީހުންނަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާ ނުލެވޭނެ ކަމަށްބުނެ ޖަމްއިއްޔަތުއް ސަލަފްގެ އިސް މެބަރެއް ކަމުގައި އަލީ ރަމީޒުގެ ރައްދެއް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަށް ދެއްވައިފިއެވެ.

އަލީ ރަމީޒު މިފަދައިން ބުނެފައިވަނީ ސަލަފްގެ އިލްމުވެރިންނަށް ދަރުސް ދިނުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން އިޖާބަނުދީ އެކަމުގެ ވާހަކަތައް މީޑިޔާގައި ދައުރުވާން ފެށުމުން މިއަދު އެމިނިސްޓްރީން އެކަމަށް ދެއްވި ޖަވާބާއި ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޖަމިއްޔަތު ސަލަފުގެ ދަރުސް ކުރިޔަށް ގެންދިއުމުގެ ހުއްދަދޭން މިނިސްޓްރީން ވަނީ ސިޓީ ލިބުމާއި އެކު ނިންމާފައި ކަމަށެވެ. އަދި ޖަވާބު ދިނުމުގައި ލަސްވެފައިވަނީ އިދާރީ އޮޅުމަކުން, އެކަން އެންގުމާއި އެކު ދަރުސްތައް ކުރިޔައް ގެންދިއުމުގެ ހުއްދަވަނީ ދީފައިވާކަމަށެވެ.

ކޮންމެ ރޯދަ މަހަކު ޖަމިއްޔަތުއްސަލަފުން ގެނެސްދޭ ދަރުސް ސިލްސިލާ މި އަހަރުވެސް ބޭއްވުމަށް ނިންމާ އިސްލާމިކް މިނިސްޓްރީގެ ހުއްދައަށް އެދުނު ނަމަވެސް އެ ކަމަށް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ސަލަފް ޖަމްއިއްޔާއިން އިއްޔެ ވަނީ ބުނެފައެވެ. ސަލަފުން ބުނެފައިވަނީ ރޯދަ މަހު ފުރުގާން މިސިްކިތުގައި ކުރިއަށް ގެންދާ ހާއްސަ ދަރުސް ސިލްސިލާ މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާ އެކަމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށްވެސް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް ޖަވާބެއް އިއްޔެއާއި ހަމައަށް ލިބިފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިން އަލީ ރަމީޒު އިއްޔެ ކުރި ޓްވީޓްގައި ބުނެފައިވަނީ އޭނާ ދައުވަތުގެ މައިދާނުގައި ހަރަކާތްތެެރިވާން ފެށިފަހުން މިވީ 15 އަހަރުގައި ދީނީ ދައުވަތުގެ މަސައްކަތް މިހާ އުދަނގުލާއި ހުރަސްތައް ކުރިމަތިވި، ސަރުކާރެއް ތަޖުރިބާ ކޮށްފައި ނުވާކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން ފެށިގެން ކޮންމެ ރޯދަ މަހަކު ސަލަފުން ގެންދަނީ ފުރުގާން މިސްކިތުގައި ސިލްސިލާ ދަރުސްތަކެއް ކުރިއަށް ގެންދަމުންނެވެ. އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި މި ސިލްސިލާތައް ކޮންމެ އަހަރަކު ކުރިއަށް ގެންދަނީ ވަކި ހާއްސަ މައުލޫއަކަށެވެ. އަސުރު ނަމާދަށް ފަހު ކުރިއަށް ގެންދާ މި ދަރުސް ސިލްސިލާގައި އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Khiyaalu
Laadheenee fikuru fathuraa islaamdheenaadhekolhu varikameh . minoonihyaa ebakureytho
H Hj
Verikamuge beynumuga thelhey meeheh eives
H Haaufaa
Mi sarukaaruge hurihaa kameh olhumakah vaasababu dhenegannaane bayaku baithibban vejjenu
ޙ ޙަސަންމޫސާދީދީ
ޢަލީރަމީޒަކީ ދީނީ ޢިލްމުވެރިއެއް ކަމަށްވިޔަސް މިއީ ޜަމްޡާން މަސްކަން ދަނެގެން ކަމެއްވާއިރަށް މީހުންނަށް ހުތުރުކޮށް މުއާމަލާތްކުރުން ހުއްޓާލަންޖެހޭ. ހަމަޔަގީނުންވެސް ޢަހަރެމެންގެ މާތްނަބިއްޔާ ކަންކުރައްވާފަހުރީ ތިޔަގޮތަކަށް ނޫން.