ނިމިދިޔަ އިންތިޚާބަކީ އެންމެ ގިނަ މީހުން މާލެއިން ވޯޓުލީ އިންތިޚާބު، މުޢިއްޒުއަށް އެކަނި 12،000އަށް ވުރެ ގިނަ ވޯޓު

ނިމިދިޔަ އިންތިޚާބަކީ އެންމެ ގިނަ މީހުން މާލެއިން ވޯޓުލީ އިންތިޚާބު، މުޢިއްޒުއަށް އެކަނި 12،000އަށް ވުރެ ގިނަ ވޯޓު

Author
މުޙައްމަދު ޖިމީ
14 އޭޕްރިލް 2021 11:06
0

ނިމިދިޔަ ހަތަރު ވަނަ ދައުރަކީ މާލެ ސިޓީ ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ބަޔަކު ވޯޓުލީ އިންތިޚާބުކަމަށާއި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ޑރ.މުޙައްމަދު މުޢިއްޒުއަށް ލިބިވަޑައިގަތް ވޯޓަކީވެސް އެއްބޭފުޅަކަށް ލިބިވަޑައިގަތް އެންމެ ގިނަ ވޯޓުކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ސިޓި ކައުންސިލްގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ރުކުމާ ވަނީ މާލޭގެ ރައްޔިތުން ވޯޓުލާފައިވާ ބައެއް ތަފާސް ހިސާބުތައްވެސް އާންމުކުރައްވާފައެވެ. އެގޮތުން2017 ވަނަ އަހަރު މާލޭގައި ވޯޓުލުމުގެ ހައްގު46،000އަށް ވުރެ ގިނަ މީހުންނަށް ލިބިގެންވާއިރު ވޯޓުލީ19،000 މީހުންނެވެ. ނިމިދިޔަ އިންތިީާބުގައި21،000އަށް ވުރެ މީހުން ވޯޓު ލާފައިވާއިރު ޑރ.މުޢިއްޒުއަށް އެކަނިވެސް12،000އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާކަން ރުކުމާ ވަނީ ފާހަގަކުރައްވާފައެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓިން އެމްޑީޕީއަށް ވަނީ ބޮޑު ނކާމިޔާބީއަކާއި ކުރިމަތިލާންޖެހިފައެވެ.އެ އިންތިޚާބުގައި، މާލެ ސިޓީގެ މެޖޯރިޓީވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ ނަގާފައެވެ. މިގޮތުން، މާލެސިޓީއަށް ޕީޕީއެމް އިން ކުރިމަތިލި ހުރިހާ ގޮނޑިއެއް ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީއަށް ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ގެއްލިފައެވެ. މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން، ޕީޕީއެމްގެ ކެނޑިޑޭޓަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.