އިލެކްޝަންސް ކޮމިޝަނާއި، އެޗްޕީއޭގެ ނަޒާހަތްތެރިކަން ގެއްލި، އެ އިދާރާތައް މިހާރު ތިބީ އެމްޑީޕީގެ އުނގުގައި ނަށަންކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނަތީޖާއާއިމެދު ސުވާލު އުފައްދައި، ސަރުކާރު ހިންގާ މައިޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދާ ވާހަތަކުންނާއި، އަދި އިއްޔެ އިލެކްޝަންގެ މައި އިދާރާގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީން ބޭނުންވުމުން އިންތިޚާބުގެ ތާރީޚް ބަދަލުކޮށް، ފޮށިތައް އަލުން ގުނޭކަމަށާއި، އިލެކްޗަންސްއާއި އެޗްޕީއޭގެ ނަޒާހަތްތެރިކަން ގެއްލި މިހާރު ތިބީ އެމްޑީޕީގެ އުނގުގައި ނަށަންކމަށެވެ. އަދި އެކަން މިހާރު ކަށަވަރުކުރެވިއްޖެކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
ސިޔާސީ ނުފޫޒް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެތްކަން އެބައެނގޭ، އެމްޑީޕީން ބޭނުންވުމުން އިންތިޚާބުގެ ތާރީޚް ބަދަލުކޮށް، ފޮށިތައް އަލުން ގުނޭ. އީސީ އާއި އެޗްޕީއޭގެ ނަޒާހާތްތެރިކަން ގެއްލި، މިހާރު ތިބީ އެމްޑީޕީގެ އުނގުގައި ނަށަން. މިއަދުވެސް މިކަށަވަރުވަނީ އެކަން.
– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބާއި ގުޅިގެން، ބައެއް ފޮށިތަކުގެ ނަތީޖާ ކަށަވަރު ކުރުމަށް އިލެކްޝަނުން މަސައްކަތް ކުރަމުން ދަނިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެސަރަހައްދަށް އިއްޔެ ވަޑައިގެން އިންތިޚާބީ މަރުކަޒަށް ވަނުމަށް ވަނީ މަސައަކްތް ކުރައްވާފައެވެ. ނަމަވެސް ފުލުހުންވެސް އަދި އިލެކްޝަނުންވެސް ނަޝީދަށް އިލެކްޝަންގެ އިދާރާގެ ތެރެއަށް ވަނުމަށް ފުރުސަތު ދީފައި ނުވެއެވެ. ފުލުހުން ވަނީ ނަޝީދު އެސަރަހައްދުން ނެރެދެއްވައި ކާރުކޮޅާއި ހަމައަށް ގެންގޮސް އެސަރަހައްދުން ފޮނުވާލާފައެވެ. މިކަމަށް އިޝާރާތް ކުރައްވައި ނަވާޒު ވިދާޅުވީ މިއަދު މިފެނިގެންދާ ހުރިރާ ސަކަރާތެއް ޖަހަމުން މިދަނީ އެހާ ލަދުވެތި ގޮތަކަށް އިންތިޚާބުން ބަލިވުުމުންކަމަށެވެ.
ކޮމެންޓު ފޮނުވާ