މަސްގެލެރީ ދޯނީގެ ފަޅުވެރިއަަކަށް ސިއްހީ މައްސަލައެއް ދިމާވެގެން އިތުރު ފަރުވާއަށް ވިލިނގިއްޔަށް

މަސްގެލެރީ ދޯނީގެ ފަޅުވެރިއަަކަށް ސިއްހީ މައްސަލައެއް ދިމާވެގެން އިތުރު ފަރުވާއަށް ވިލިނގިއްޔަށް

Author
ޢަލީ އާދަމް
14 އޭޕްރިލް 2021 04:49
0

މަސްގެލެރީ ދޯނީގެ ފަޅުވެރިއަކަށް ސިއްހީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާއިފި އެވެ.

އެމްއެންޑީއެފުން ބުނީ އެދޯނީގެ ބިދޭސީ ފަޅުވެރިއަކު ހޮޑުލައި ކަރުން ލޭއަންނަކަމަށް ރިޕޯޓް ލިބިގެން މިރޭ ދަންވަރު 3:20 ހާއިރު ވިލިނގިއްޔަށް ގެނެސްދީފައި ވާނޭކަމަށެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 00:40 ހާއިރު ލިބުނު އިރު އެ ދޯނި އޮތީ ވިލިނގިލީގެ އިރުން 23 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ ކަމަށާއި އެ ދޯނީގައި16 ފަޅުވެރިން ތިބި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.