އެމްޑީޕީއާއި ޕީޕީއެމްއިން ފަތުރާފައިވަނީ ހަގީގަތާއި ޚިލާފް ވާހަތަކެއް: އިލެކްޝަން

އެމްޑީޕީއާއި ޕީޕީއެމްއިން ފަތުރާފައިވަނީ ހަގީގަތާއި ޚިލާފް ވާހަތަކެއް: އިލެކްޝަން

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 05:00
0

އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި މިއަދު ހިނގައިދިޔަ ކަނތައްތަކާއި ގުޅިގެން އެމްޑީޕީންނާއި ޕީޕީއެމްއިންވެސް ފަތުރާފައިވަނީ ހަގީގަތާއި ޚިލާފް ވާހަތަކެއް ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަން ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކަށް އަދި ސިޔާސީ ޕާޓީއެއްގެ ބޭފުޅަކަށް އިންތިޚާބުގެ މައިމަރުކަޒަށް ވަންނަން އިލެކްޝަނުން ހުއްދަ ދީފައި ނުވާކަމަށެވެ. އަދި އެގޮތަށް ޕީޕީއެމްއާއި އެމްޑީޕީގެ ބޭފުޅުން ކުރި މަސައްކަތް ހުއްޓުވައި މަރުކަޒުން ނެރެފައިވާނެކަމަށެވެ.

ޝަރީފް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔައީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ޝަކުވާގެ މައްސަލަ ބެލުމުގެ މަސައްކަތް ނޫންކަމަށެވެ. މިއަދު ކުރިއަށް ގެންދިޔައީ އިލެކްޝަނުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުުރުމުގެ މަސައްކަތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު މަސައްކަތް ކުރީ ނަތީޖާ ޝީޓްތަކެއްގައި މައްސަލަތަކެއް ހުރުމުން އެކަން ޔަގީން ކުރުމުގެ މަސައްކަތް ކަމަށެވެ. އެއްވެސް ހާލެއްގައި ވަކި ކެންޑިޑޭޓަކަށް ލިބުނު ނަތީޖާއެއް ބެލުމަށް ވޯޓު ގުނުމަށް މަސައްކަތް ނުކުރައްވާކަމަށެވެ. ޝަރީފް ވިދާޅުވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއިންތިޚާބުގައި އިލެކްޝަންގެ އެއްވެސް މެމްބަރަކާއި ބަދަލުކޮށްފައި ނުވާކަމަށެވެ.

އަދި މިއަދުވެސް ނަޝީދު ހުންނެވީ ބޭރުގައި ކަމަށާއި، ނަޝީދާއި މިއަދުވެސް ބައްދަލުކޮށްފައި ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.