ނަޝީދު އުޅުއްވަނީ ހަޖަމް ނުވެގެން ވޯޓު ގަޑުބަޑުކުރަން، ބޭނުންހާ ކަމެއްނުކުރެވޭނެ: އަދުރޭ

ނަޝީދު އުޅުއްވަނީ ހަޖަމް ނުވެގެން ވޯޓު ގަޑުބަޑުކުރަން، ބޭނުންހާ ކަމެއްނުކުރެވޭނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 02:33
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒު ތެރެއަށް ވަދެ ވޯޓު ވޯޓު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރަމުންދަނީ ނަތީޖާ އޮޅުވާލުމަށް ޓަކައި ކަމަށާއި، އުފުރުސަތު ނުދެއްވާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިންތިޚާބީ މައި މަރުކަޒުގައި ހުންނަވައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަމުންދަނީ ވޯޓު ފޮށި ތަކުގެ ތެރެއަށް އަތް ނާބައި، ވޯޓު އޮޅުވާލުމަށް ކަމަށެވެ. ނަމަވެސް އެފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަޝީދު އިންތިޚާބީ މަރުކަޒަށް ވަޑައިގެން ވޯޓު ގަޑުބަޑު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ޤާނޫނާއިވެސް ޚިލާފް ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިފަހަރު އިންތިޚާބުގައި ވޯޓު އޮޅުވާލުމުގެ ފުރުސަތު ނުދެއްވާނެކަމަށެވެ. މާދަމާ އިރު އަރަންދެން ތިބެންޖެހުނު ނަމަވެސް ވޯޓު އޮޅުވާލަން ޖާގަ ނުދޭނެކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި އަލުން ގުނަން ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއިވަނީ މިއަދުއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް ބޭނުންވާތީ މިހާތަނަށް ފާހަނގަވެފައިވާ ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނުން މިއަދު 13:30 ގައި އިންތިޚާބާއި ބެހޭ މަރުކަޒުގެ ރީ- ރަޖިސްޓްރޭޝަން ހޯލުގައި އިންތިޚާބާއި ބެހޭ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.