އިލެކްޝަން ކޮމިޝަންގެވޯޓުލާ މަރުކަޒަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމާއިއެކު މަޝްރަހު އިތުރަށް ހޫނުވެ، ފުލުހުން ޕެޕާސްޕްރޭ ޖަހައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނަޝީދު ވަނީ އިންތިޚާބީ މަރުކަޒު ތެރެއަށް މިހާރު ވަދެފައެވެ. ނަމަވެސް އިދިކޮޅު އެއްވެސް ބޭފުޅަކަށް އަދި އިންތިޚާބީ މަރުކަޒަށް ވަނުމުގެ ފުރުސަތު ދީފައި ނުވެއެވެ. ގިނަ އަދަދެއްގެ ފުލުން ދަނީ އެސަރަަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
އެންމެން ތިބީ ރޯދައަށް! މައްސަލަ ހޫނުވެގެން މިއުޅެނީ ފާހެއް ނެތި އަނެއް ރައީސް @anedhivehirajje ވއްދައިގެން ބައެއް ވޯޓު ފޮށި ގުނަން ފެށުމުން ކަމަށް މައުލޫމާތު ލިބެނީ. pic.twitter.com/wIh9pa9uU2
— Zahid Rameez (@xahidcreator) April 13, 2021
ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި އަލުން ގުނަން ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއިވަނީ މިއަދުއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް ބޭނުންވާތީ މިހާތަނަށް ފާހަނގަވެފައިވާ ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނުން މިއަދު 13:30 ގައި އިންތިޚާބާއި ބެހޭ މަރުކަޒުގެ ރީ- ރަޖިސްޓްރޭޝަން ހޯލުގައި އިންތިޚާބާއި ބެހޭ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ