ބާސެލޯނާ

ދުނިޔޭގެ އެންމެ އަގުބޮޑު ކްލަބަކަށް ބާސެލޯނާ

ދުނިޔޭގެ އެންމެ އަގުބޮޑު ކްލަބަކަށް ބާސެލޯނާ

ގުޅުންހުރި

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ އަގުބޮޑު ކްލަބަކަށް ސްޕެއިންގެ ބާސެލޯނާ ވެއްޖެއެވެ.

ކްލަބުތަކުގެ ތެރެއިން އެންމެ އަގުބޮޑު ކްލަބުތައް އަބަދުވެސް ފޯބްސްއިން ރޭންކް ކުރަމުން އަންނައިރު، ކުރިން އެމަގާމުގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން އޮތް ކްލަބުތަކަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑެވެ. އެންމެފަހުންވެސް އެ މަގާމުގައި ރެއާލް މެޑްރިޑް އޮތްއިރު، ބާސެލޯނާއިން މިފަހަރު އެއްވަނައަށް ޖެހިލީ ކްލަބުގެ އަގު 3.5 ބިލިއަން ޕައުންޑަށް ކުރިޔަށް ޖައްސާލައިގެންނެވެ.

ދުނިޔޭގެ އެންމެ މުއްސަނދި، އެންމެ އަގުބޮޑު ކްލަބަކަށް ގިނަ ދުވަސްތަކެއް ވަންދެން އޮތް މެންޗެސްޓަރ ޔުނައިޓެޑް މިހާރު ލިސްޓްގެ ހަތަރު ވަނައިގައި އޮތީ ކްލަބު އަގު 3.05 ބިލިއަން ޕައުންޑްގައެވެ. ޔުނައިޓެޑް ވައްޓާލައި ތިންވަނައަށް ޖެހިލީ ބުންޑަސް ލީގު އަދި ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ.

ޕްރިމިއާ ލީގުގެ ކްލަބުތައް ކަމަށްވާ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ، ޗެލްސީގެ އިތުރުން އާސެނަލް އާއި ޓޮޓެންހަމްވެސް ދުނިޔޭ އެންމެ މުއްސަނދި ކްލަބުތަކުގެ ގަދަ 10 ގައި ހިމެނިފައިވެއެވެ.

ފޯބްސްއިން ބުނެފައި ވަނީ ކޮވިޑް 19ގެ ހާލަތު އައި ނަމަވެސް، ގަދަ 20 ގެ ތެރޭގައި ހިމެނޭ ކްލަބުތަކުގެ އަގު އެވްރެޖުކޮށް 30 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށެވެ. ކޮވިޑްގެ އަސަރު ކްލަބުތަކަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ފޯބްސްއިން ވެސް ހާމަކޮށްފައިވާއިރު، މެޗު ޓިކެޓް ވިއްކައިގެން ލިބެން ޖެހޭ އާމްދަނީގެ އަދަދު ވަނީ 9.6 ޕަސެންޓް ދަށް ވެފައެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް ގަދަ ތިނަކުން ވެއްޓުނު ނަމަވެސް، މިދިޔަ އަހަރުވެސް އޮޕަރޭޝަނަލް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހޯދި ކްލަބަކީ ޔުނައިޓެޑެވެ. އެ ކްލަބަށް ވަނީ 121 މިލިއަން ޕައުންޑް ފައިދާ، އެކިއެކި އޮޕަރޭޝަންތަކުން ލިބިފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *