މިއީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތުގެ ފެށުން: ޣައްސާން

މިއީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތުގެ ފެށުން: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 12:45
0

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަަސއްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރައްޔިތުން ނިންމާފައިވާ ނިންމުމަކީ ރައީސް ޔާމީން އަލުން އަނބުރައި ވެރިކަމަށް ގެނައުމަށްޓަކައި ނިންމި ފުރަތަމަ ނިންމުން ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާދީއްތަ ދުވަހުގެތޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުގެ އަތްފައިބަދެ، ސަރުކާރުން އެކި ވައުދުތައްވެސް އެތައް މަޝްރޫއުްގެ ނަމުގއި ކަޑަ ޖެހި ނަމަވެސް ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާކަަމަށެވެ.

ޚާއްސަކޮށް ވެރިކަން ކުރާ މާލެ ސިޓީން އެމްޑީޕީއަށް ނޫނެކޭ ބުނި ބުނުމަކީ ވަރަށް ވާހަކަ ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި މިނަތީޖާއިން ބުނެދީފައިވަނީ ދިވެހި ރައްޔިތުން ރައީސް ޔަމީންގެ ޚިދުމަތަށް އަދިވެސް ބޭނުންވާ ވަރުކަމަށެވެ. އަދި އެމަނިކުފާނަކީ ކުށްވެރިއެއްކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރާކަމަށާއި، އެމަނިކުފާނަށް ދެމުންދަނީ ނުހައްގު އަނިޔާތަކެއްކަން ވަރަށް ސާފުކޮށް އެގެމުންދާކަމަށް ޣައްސާން ވިދާޅުވިއެވެ، އޭނާ ވިދާޅުވީ ރައްޔިތުންގެ މިނިންމުމާއިއެކު، ދިވެހި ރައްޔިތުން ދެން މިފެށި މަސައްކަތް ނިންމާލާނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ފަހުގައިކަމަށެވެ.

އަދި މަސައްކަތް މި ފެށުނީ. މިއީ 2023 ވަނަ އަހަރު ރައީސް ޔާމީން އިންތިޚާބު ކުރުން އެންމެ ބޮޑު އަމާޒު. ޕީޕީއެމްއަކީ ޤައުމަށްޓަކައި ގުރުބާން ވުމަށްވެސް ތައްޔާރަސް ތިބި ބައެއްކަން މިއަދު މިހާމަކޮށްދިނީ. އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނާއި ޚިލާފްކަންކަން ހިންގުމަށް ޕީޕީއެމްއިން ޖާގަ ނުދޭނެކަން މިހާމަކޮށްދިނީ. އަދި މިއީ ރައީސް ޔާމީން މިނިވަންކުރަންޖެހޭ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެމަނިކުފާނު މިނިވަން ކުރަންޖެހޭކަން ހާމަކޮށްދިން ވަރަށް ރަނގަޅު މެސެޖެއް.

– ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައްޔިތުން ވޯޓު ދިނީ ތަރައްޤީއަށް ކަމަށެވެ. ތަރައްޤީގެ ފިކުރަށް ކަމަށެވެ. ދިވެހި ރައްޔިތުން މިއަދު ވަނީ ވަރަށްބޮޑަށް ނިކަމެތިވެ ހާލުގައި ޖެހިފައިވާކަމަށާއި، މިކަމަށް އަޅާލާނެ އަޑު އިވޭ ސަރުކާރެއް މިއަދު ނެތްކަމަށެވެ. މިސަބަބުތަކަށްޓަކައި ރައްޔިތުން ސަރުކާރަށް ވަރަށް ފާޅުގައި ނޫނެކޭ ބުނިކަމީ ރައްޔިތުންގެ ހިތްވަރު ހުރިކަން ހާމަ ވެގެންދިޔަ ކަމެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.