ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި އަލުން ގުނަން ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް ބޭނުންވާތީ މިހާތަނަށް ފާހަނގަވެފައިވާ ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނުން މިއަދު 13:30 ގައި އިންތިޚާބާއި ބެހޭ މަރުކަޒުގެ ރީ- ރަޖިސްޓްރޭޝަން ހޯލުގައި އިންތިޚާބާއި ބެހޭ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އަދި ގުނަ ހަމަޖެހިފައިވާ ދާއިރާތަކުގެ ކެނޑިޑޭޓުންނަށް އެސްއެމްއެސް ކޮށް ވޯޓު ގުނާ މަރުކަޒަށް ވަޑައިގެންނެވުމަށް ދައުވަތު ދެވިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. މިފޮށިތައް ގުނަމަށް ހަމަޖެހިފައިވަނީ ކެނޑިޑޭޓުންނާއި މީޑިޔާތަކުގެ ކުރިމަތީގައިކަމަށް އިލެކްޝަނުން ބުނެއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ރޭ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައެވެ. އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަކަމުގެ ކަންބޮޑުވުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވަނީ ވަނީ ކޮށްފައެވެ. އެކޯލިޝަނުން ބުނެފައިވަނީ މާލޭގެ ބައެއް ދާއިރާތަކާއި އަތޮޅު ތެރޭގެ ބައެއް ދާއިރާތަކުގެ ނަތީޖާތައް އޮޅުވާލުމަށްޓަކައި ސަރުކާރުން މަސައްކަތް މަސައްކަތް ކުރަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ