ރައީސްގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު 14:30 ގައި

ރައީސްގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު 14:30 ގައި

Author
މުޙައްމަދު ޖިމީ
12 އޭޕްރިލް 2021 01:22
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން  ބުނީ ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ޕްރެސްކޮންފަރެންސްއެއް މިއަދު 14:30ގައި އޮންނާނެކަމަށެވެ. މި ޕްރެސްޕްރެސްކޮންފަރެންސް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ފުރަތަމަ ޕްރެސްކޮންފަރެންސްއެވެ. މިދިޔަ ކައުންސިލް އިންތިޚާބުގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލެ ސިޓީ ބޮޑު ތަފާތަކުން އިދިކޮޅު ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން މާލެ ސިޓީގައި ޕީޕީއެމްއިން ވާދަކުރި ހުރިހާ ދާއިރާއެއް ވަނީ ކާމިޔާބުކޮށް މާލެސިޓީގެ މޭޔަރުކަންވެސް ކާމިޔާބު ކޮށްފައެވެ. މާލެ ސިޓީއަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން ބޭއްވުނު ކޮންމެ އިންތިޚާބެއްވެސް ބޮޑު ތަފާތަކުން އެމްޑީޕީން ކާމިޔާބު ކުރާ ސިޓީއެކެވެ. އަދި އަތޮޅުތަކުންނާއި ރަށްތަކުންވެސް ގިނަ ޢަދަދަކަށް ޕީޕީއެމް އިން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

އެމްޑީޕީއަށް މާލެއިން ލިބުނު ނާކާމިޔާބާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.