ރޯދަ މަހަށް ރެޑްވޭވްގެ ހަދިޔާ: އަނެއްކާވެސް ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އަގުހެޔޮކޮށްފި

ރޯދަ މަހަށް ރެޑްވޭވްގެ ހަދިޔާ: އަނެއްކާވެސް ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އަގުހެޔޮކޮށްފި

ރަމަޟާންމަހު އާންމުކޮށް ރެޑްވޭވްގެ ފިހާރަތަކުން ޑިމާންޑް ބޮޑު 15 ބާވަތެއްގެ ކާބޯތަކެތި އެ ކުންފުނިން މިއަދު އަގުހެޔޮ ކޮށްފިއެވެ.

އެގޮތުން އަގުހެޔޮ ކުރެވުނު ތަކެތީގެ ތެރޭގައި ރޯސްސިރަޕް 29 ރުފިޔާއަށް، އަލަނާސި ދަޅު 20 ރުފިޔާއަށް، ޑަބަލްޕީޗް ގެރިކިރު 12.5 ރުފިޔާއަށް، ފެލިވަރު މަސްދަޅު 12.25 ރުފިޔާއަށް، ސަފާ ޓޮމާޓޯ ޕޭސްޓް ކުދިދަޅު 2.25 ރުފިޔާއަށް އަދި ބޮޑުދަޅު 11.5 ރުފިޔާއަށް، ޑެއިޒީ މާރޖިރިން 240 ގްރާމް ތަށި 24 ރުފިޔާއަށް އަދި 340 ގްރާމް ތަށި 36 ރުފިޔާއަށް، މަންޗީ މާރީ ބިސްކޯދު 26 ރުފިޔާއަށް، ނެސްލޭ ކްރީމް 24 ރުފިޔާއަށް، ސަފިއްޔާ ސަންފްލާވަރ އޮއިލް 2 ލީޓަރު 70 ރުފިޔާއަށް، ރަގު ޕިއްޒާ ސޯސް 38 ރުފިޔާއަށް، ކުކުޅުފައި 1ކިލޯ 45 ރުފިޔާއަށް، ކެޝޫނަޓްސް 100 ގްރާމް 28 ރުފިޔާއަށް އަދި އަލްމަންޑް ނަޓްސް 100 ގްރާމް 26 ރުފިޔާއަށް މިހާރު އަގުހެޔޮ ކޮށްފައި ވާކަމަށް ރެޑްވޭވުން ބުނެއެވެ.

މިއަދަކީ ގިނަ ގޭބިސީތަކުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިކުރާ ދުވަހަކަށް ވުމުން، މިއީ ކަސްޓަމަރުންނަށް ދިން ހަދިޔާއެއްކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއެވެ.

އެކުންފުނިން ބުނީ ތަކެތީގެ އަގުހެޔޮކޮށް އާންމުން ރަމަޟާން މަހު ކުރާ ބޮޑު ހޭދަޔަށް ލުޔެއްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ. ރެޑްވޭވުން މި ރަމަޟާން އަޒުމް ކަނޑައަޅާފައިވަނީ ގިނައަދަދެއްގެ ކާބޯތަކެތީގެ އިތުރުން އިލެކްޓްރޯނިކްސް އާއި ހިފާގެންގުޅޭ ސާމާނު ރެޑްވޭވްގެ ފިހާރަތަކުގައި ހިމެނުމުގެ އިތުރުން އަގުހެޔޮކޮށް އެމުދާ ކަސްޓަމަރުންނަށް ފޯރުކޯށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *