ހިފަހައްޓައި އޮބަހައްޓައި، ބަންދުކުރިޔަސް ރައްޔިތުންގެ އަޑު އިއްވައި، ރައްޔިތުންގެ ބަސް މިއަދު ވަރަށް ރަނގަޅަށް މިސަރުކާރަށް ބުނެފައިވާކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީގެ އުފާފާޅުު ކުރުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އަނިޔާއާއި، ވައްކަމާއި، ޚިޔާނާތާއި، މިނިވަންކަމާއި ސިޔާދަތަކީ ރައްޔިތުގެ ގެއްލޭފަދަ ކަންކަން ކުރާކަށް ދިވެހި ރައްޔިތުން ދުވަހަކުންވެސް ޖާގަނުދޭނެކަމަށެވެ.
ދިވެހި ރައްޔިތުން އަބަދުވެސް ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވަންތަކަން ދައްކާ ކަމަށާއި، މިފަހަރުގެ ކައުންސިލް ވޯޓަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާސަތު ހިފެހެއްޓުމަށް ލިބުނު އެންމެ ފަހު ފުރުސަތުގައި މިސަރުކާރަށް ރަނގަޅު މެސެޖެއް ދީފައިވާ ފަހަރެއްކަމަށެވެ. ރައްޔިތުން ނިންމި މިނިންމުން ސާފުވެގެންދަނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކޮށް އެމަނިކުފާނަށް ދެމުންދާ ނުހައްގު އަނިޔާތައް ހުއްޓާލުންކަމަށެވެ. ރައްޔިތުންގެ އަޑު އަހައި މިރެއން މިރެއަށްވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ.
ޝިޔާމްވަނީ މިބައްދަލުވުމުގައި އޭނާގެ ދާއިރާގެ ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނެ ބޮޑު އައުމަބިއްޔަތެއް ނައިފަރުން ޕީޕީއެއްމަށް ދިންކަމަށްޓަކައި ދާއިރާގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ. ޝިޔާމް ވިދާޅުވީ ދާއިރާގެ އަތޮޅު ގޮޑިއާއިއެކީ ނައިފަރުގެ ރައްޔިތުން މިސަރުކާރަށް ދިން މެސެޖަކީ ބޭނުންހާ ގޮތެއް ހަދަން ރައްޔިތުން ނުތިބޭނެކަމެވެ. އަދި ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް މިލިބުނު ފުރުސަތުގުައި މުޅި ރާއްޖެއިން ނަމޫނާ ފެނިގެންދާނެކަމަށް ޔަގީންކުރާ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ