ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމާފައިވާ ގޮތުން ބަދަލުކޮށް، އިންތިޚާބު ދެން ގަނޑުބަޑު ކުރަން ނޫޅުއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އިއްޔެ ބޭއްވުނު ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލޭގެ ސުޕަ މެޖޯރިޓީ ޕީޕީއެމްއަށް ރައްޔިތުން ވަނީ ދީފައެވެ. ނަމަވެސް މިއަދު ބޭއްވި އެމްޑީޕީގެ ޕްރެސްގައި ރައީސް ނަޝީދު ވިދާޅުވީ މާލޭގެބައެއް ދާއިރާތަކުގެ ވޯޓުގައި މައްސަލަތަކެއް ފާހަގަ ކުރެވޭކަމަށާއި، އެދާއިރާތައް އެމްޑީޕީއަށް ލިބުން އެކަށީގެންވާކަމަށެވެ.
އަދި އުންމީދު ކުރަނީ އެމްޑީޕީއަށް މާލެއިން އިތުރު ގޮޑިތަކެއް ލިބި އިދިކޮޅު ޕީޕީއެމް ކައުންސިލަކާއިއެކު ބައްދަލުވުންތަކުގައި ރަނގަޅަށް ބައިވެރިވެ ކަންކަން ނިންމުންކަމަށެވެ. ނަޝީދުގެ މިވާތަކާއި ގުޅިގެން އިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން ގޮތް ނިންމާފައިވާކަމަށެވެ.
ރައްޔިތުން ވަކި ގޮތަކަށް އިންތިޚާބުގައި ގޮތް ނިންމާފައި ވަނިކޮށް އިންތިޚާބު އަލުން އަނެއްކާ ފޮށިތައް ހުޅުވައި ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރުމަށް ނޫޅުއްވުމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އިންތިޚާބުތަކުގައި ރައްޔިތުން ނިންމާ ނިންމުންތަކީ އެންމެ ފަހުބަސްކަމަށް ގަބޫލުކޮށް ބަލި ގަބޫލު ކުރުމަކީ އޮންނަން ޖެހޭކަމެއްކަމަށާއި، ނިމިގެންދިޔަ އިންތިޚާގައި އެމްޑީޕީއަށާއި، މިސަރުކާރަށް ދިވެހި ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއްގޮޑިތައް ގެއްލުވާލުމަށް އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން. ރައްޔިތުން ގޮތް ނިންމެވުމުން އެކަމާއި ދެކޮޅު ހަދާނެކަމެއްނެތް. ބޮޑު ތަނުން ރައްޔިތުން އެއޮތީ ވެރިކަން ކުރާ ކޯލިޝަނަށް ނޫނެކޭ ބުނެފަ. އިތުރަށް އިންތިޚާބު ގަޑުބަޑު ކުރަން ނޫޅުއްވާ.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ހަމާކޮށްދެނީ ރައީސް ޔާމީނަށް ދިވެހި ރައްޔިތުން ބޭނުންވެފައިވާ މަންޒަރުކަމަށެވެ. ރައްޔިތުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އަމަލު ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވަނީ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއިން ވަނީ މާލެ ސިޓީގެ އިތުރުން ގިނަ އަތޮޅުތަކެއްގެ އަތޮޅު ކައުންސިލް ރައީސްކަމާިއ، ކައުންސިލްތައް ކާމިޔާބު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ