މާލެއިން ބަލިވުވުމުގައި ރައީސް ޞާލިހުއާއި އަޅުގަނޑުގެ ކުށް އެބައޮތް: ނަޝީދު

މާލެއިން ބަލިވުވުމުގައި ރައީސް ޞާލިހުއާއި އަޅުގަނޑުގެ ކުށް އެބައޮތް: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 02:54
0

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީން ބަލިވި ބަލިވުމުގައި ރައީސް ޞާލިހުއާއި، ޚުދު އެމަނިކުފާނުގެ ކުށްވެސް އެބައޮތްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ވިދާޅުވީ އިންތިޚާބުގައި ބަލިވި ތަންތަނުން ބަލިވެފައިވާ ސަބަބު ދެނެގަންންޖެހޭ ކަމަށެވެ. އެކަން ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އިންތިޚާބުގައި މާލެއިން ބަލިވި ބަލިވުމުގައި ރައީސް ޞާލިހުއާއި، އެމަނިކުފާނުގެ ކުށްވެސް އޮތްކަމަށް ގަބޫލު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެތެރޭގައި ހުރި މައްސަލަތަކަށް މާބޮޑު ތަފްސީލްތަކަށް ވަޑައި ނުގަނެ ރައީސް ނަޝީދު ވިދާޅުވީ މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރުމަކީ މިހާރު ދެން ކުރަންޖެހޭ ކަމެއްކަމަށެވެ. ނަމަވެސް އިންތިޚާބުން ބަލިވުމުން ޕާޓީގެ ރައީސް މަޤާމުން އެއްފަރާތްވެ ދުރަށް ޖެހެން ޖެހޭކަމަށް ގަބޫލު ނުކުރާކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދިމިއީ ވަކި މީހެއްގެ ބޮލުގައި އަޅުވާފައި ޕާޓީގެ އިސްބޭފުޅުން މަޤާމުތަކުން އިސްތިއުފާ ދެއްވައި ދުރަށް ދާންވީ ވަގުތުނޫންކަމަށެވެ. މިއީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އަނެއްކާވެސް ކަންކަން ހަރުދަނާކޮށް ވަރުގަދަ ކުރަންވީ ވަގުތުކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންތިޚާބުތަކުގައި އަބަދުވެސް ބައްޔާއި މޮޅު އޮންނަ ކަމާށާއި، ނަމަވެސް މިއިންތިޚާބުން މާބޮޑު ބައްޔެއް ވިކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޕާޓީގެ ސަފުތައް އަލުން ރުކުރުވާލައި ކުރިއަށް ވަޑައިގަންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.