އިންތިޚާބުގައި ވޯޓުލީ 67 އިންސައްތަ މީހުން

އިންތިޚާބުގައި ވޯޓުލީ 67 އިންސައްތަ މީހުން

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 02:44
0

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޙާލަތު ހުރިގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ނިކުންނާނެކަމަށް ލަފާކުރި އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލާން ނިކުމެފައިވާކަމަށެވެ. އެގޮތުން ކޯވިޑާއި ގުޅިގެން އިލެކްޝަންސްއިން އަންދާޒާކޮށްފައިވަނީ ވޯޓުލުމަށް ނުކުންނާނީ ޙައްގުލިބިފައިވާ މީހުންގެ ތެރެއިން 45 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ޢަދަދެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273128 މީހުންގެ ތެރެއިން މުޅި ރާއްޖެއިން 67 އިންސައްތަ ވޯޓުލާން ނުކުމެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 22 އިންސައްތައަކީ މާލެއިން ވޯޓުލުމަށް ނިކުތް މީހުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މުޅި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއިމެދު ހިތްހަމަޖެހޭކަމަށެވެ. އެގޮތުން ތިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ ޝަކުވާއެއްވެސް އިންތިޚާބުގެ ތެރޭގައި ހުށައެޅިފައިނުވާކަން ޝަރީފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބަލިމަޑުކަމެއްގެ ތެރޭގައި ފިޔަވަޅުތަކެއް އަޅައިގެން އިންތިޚާބެއް ބާއްވަން ޖެހުމުން ދަތިތަކެއް ކުރިމަތިވިކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.

ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރުމަށް މަަސައްކަތް ކުރަމުންދާއިރު، ދާއިމީ ނަތީޖާ 14 ދުވަހުގެ ތެރޭގައި އިލެކްޝަނުން އިއުލާން ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.