ރައީސް ނަޝީދު މީޑިއާތަކާއި، މިއަދު ބަައްދަލު ކުރައްވަނީ

ރައީސް ނަޝީދު މީޑިއާތަކާއި، މިއަދު ބަައްދަލު ކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 01:35
0

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީން ބުނެފައިވަނީ މިއަދު މެންދުރު ފަހު 14:30ގައި ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރައްވާނެކަމަށެވެ. ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު، ކައުންސިލް އިންތިޚާބުގައި ވެރިކަމާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީއަށް އަމާޒު ވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމު ބޮޑުތަނުން ކާމިޔާބު ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރ އަދި ޕީޕީއެމްގެ ނާއިބް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެ، އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވިކަމަށްވެސް މިއަދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ މާލޭގެ ކަންކަން ހައްލުކުރުމުގައި ޑރ. މުއިއްޒު ބުރަކޮށް މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މުއިއްޒުއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން 4 ސިޓީގެ ތެރެއިން ފުވައްމުލައް، އައްޑޫ އަދި ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީއާއި މޭޔަރުގެ މަޤާމު ލިބިފައިވަނީ އެމްޑީޕީއަށެވެ. އަދި ޕީޕީއެމްއަށް ވަނީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމާއި ކައުންސިލްގެ މެޖޯރިޓީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.