މާލޭގެ ވޯޓު އެމްޑީޕީއަށް ގެއްލުމަކީ ނަޝީދުގެ ސިޔާސީ ހަޔާތުގެ ނިމުމުގެ ފެށުން: މުސްތަފާ

މާލޭގެ ވޯޓު އެމްޑީޕީއަށް ގެއްލުމަކީ ނަޝީދުގެ ސިޔާސީ ހަޔާތުގެ ނިމުމުގެ ފެށުން: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 01:14
0

އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލޭގެ ވޯޓު އެމްޑީޕީއަށް ގެއްލި ދިއުމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގެ ނިމުމުގެ ފެށުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ކައުންސިލް އިންތިޚާބުގެ ވަގުތީ ނަޖާ ދައްކާ ގޮތުން މާލެ ސިޓީ ބޮޑު ތަފާތަކުން އިދިކޮޅު ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން މާލެ ސިޓީގައި ޕީޕީއެމްއިން ވާދަކުރި ހުރިހާ ދާއިރާއެއް ވަނީ ކާމިޔާބުކޮށް މާލެސިޓީގެ މޭޔަރުކަންވެސް ކާމިޔާބު ކޮށްފައެވެ. މާލެ ސިޓީއަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން ބޭއްވުނު ކޮންމެ އިންތިޚާބެއްވެސް ބޮޑު ތަފާތަކުން އެމްޑީޕީން ކާމިޔާބު ކުރާ ސިޓީއެކެވެ.

މާލޭގެ ވޯޓަށް ވެގެންދިޔަ ގޮތާއި ގުޅޭގޮތުން މުސްތަފާ ވިދާޅުވީ މިއީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގެ ނިމުމުގެ ފެށުންކަމަށެވެ. ރައީށް ނަޝީދަށް މިލަޑު ދިނީ އެމްޑީޕީގެ ތެރޭގައި ވަކި ހިތްޕާލައިގެން އުޅުއްވާ ހަސަން ލަތީފާއި، އަލީއާޒިމް ފަދަ ބޭފުޅުން ކަމަށާއި، އެބޭފުޅުންނަކީ ހެޔޮ ނިޔަތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނޫންކަން ރައީސް ނަޝީދަށް މިއަދު ސާފުވާނެކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އަލީ އާޒިމްއަކީ މާލޭގައި ރާއްޖެ ތެރޭ މީހުން އުޅޭތީ އެކަމާއި ނުހަނު ކަންބޮޑުވެ އެކަމާއި ނުރުހޭ ބޭފުޅަކަށްވާއިރު މިއަދު މާލޭގައި ރާއްޖެ ތެރޭ މީހުންވެސް ތިބިކަމުގެ އިހުސާސު އަލީ އާޒިމަށް ވާނެކަމަށް މުސްތަފާ ވިދާޅުވިއެވެ.

މާލޭގެ ވޯޓު އެމްޑީޕީއަށް ގެއްލި ދިއުމަކީ މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގެ ނިމުމުގެ ފެށުން. ރައީސް ނަޝީދަށް މިލަޑު ދިނީ ހަސަން ލަތީފް ކަހަލަ ދެއުޅިއެއްނުވާ މައްކާރުން. މިއަދު އަލީ އާޒިމް އަށްވެސް ސާފުވާނެ މާލޭގައި ރާޢްޖެތެރޭ މީހުންވެސް ވަޒަންވެރިވެ އުޅޭކަން.

– މުސްތަފާ ވިދާޅުވިއެވެ.

އެމްޑީޕީއަށް މާލެއިން ލިބުނު ނާކާމިޔާބާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށާއި، ރައީސް ނަޝީދަށް ވަނީ އަމާޒު ވެފައެވެ. ރައީސް ނަޝީދު ވަނީ އިއްޔެ މާލޭގެ ވޯޓު ފޮށިތަކުގެ ކައިރިއަށް ވަޑައިގެން ވަރަށް ގަދަޔަށް އެމްޑީޕީއަށް ކެމްޕެއިންވެސް ކުރައްވާފައެވެ. އަދި އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު ވިދާޅުވެފައިވަނީ މާލެ ސިޓީއާއި ރާއްޖޭގެ ބޮޑު އައުލަބިއްޔަތެއް އެމްޑީޕީން ކާމިޔާބު ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.