އެމްޑީޕީގެ ނާކާމިޔާބަކީ އެތެރޭގެ ބައިބައިވުން: ފައްޔާޒް

އެމްޑީޕީގެ ނާކާމިޔާބަކީ އެތެރޭގެ ބައިބައިވުން: ފައްޔާޒް

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 01:00
0

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ބާރުގަދަ ނުފޫޒުގަދަ ދާއިރާތަކުގެ ގޮޑިތައް އިދިކޮޅު ޕީޕީއެމްއަށް ކާމިޔާބު ވެފައިވަނީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުން ބޮޑުވުން ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރި އިރުވެސް ޕާޓީތެރޭގައި ބޮޑެތި ބައިބައިވުން އޮތެވެ. އިންތިޚާބާއި ކުރިމަތިލިއިރު ޕާޓީގެ އިސްސަފުގެ ބޭފުޅުންނާއި، ޚުދު ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ގުޅުންވެސް ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. އެންމެބޮޑު ސަބަބަކީ ރައީސް ނަޝީދު ސަރުކާރަކީ ވަގު ސަރުކާރެއްކަމަށް ބުނެ ދެއްކި ވާހަތަކާއި، މަޖިލިސް ތެރޭގައި ސަރުކާރު ބޭޒާރު ކޮށްލުމަށް ކުރަމުންދިޔަ މަސައްކަތެވެ.

އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިއީ މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. މާލެ އިން ބޮޑުތަނުން ނާކާމިޔާބު ލިބުނީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުންތަކުގެ ސަބަބުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. މި އިންތިހާބުން ދަސްވި ފިލާވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވެ އެވެ.

މާލެ ނޫނަސް އައްޑު އާއި މުހިންމު ބައެއް އެހެން ސަރަހައްދުތަކުގައި ވެސް ކުރިން އެމްޑީޕީ ކައުންސިލްތަކުގައި އޮތް ބާރުވެރިކަން ހަނިވެ، ސުޕަ މެޖޯރިޓީ ވެސް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ "ހާއްޔެއް" ކަމަށް ބަލާ އައްޑޫ ސިޓީ ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަބަދުވެސް އެމްޑީޕީ އަށް "މަރުދޭ" އިހަވަންދޫ ކައުންސިލްގެ ހަތް ގޮނޑި ވެސް ނެގީ އިދިކޮޅު ޕީޕީއެމެވެ.

އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ރައީސް ނަޝީދު އަދިވެްސ ބަލި ގަބޫލު ނުކުރައްވައެެވެ. ވިދާޅުވަމުން ގެންދަވަނީ މި އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.