މިއީ ޕާޓީގެ ވޯޓު ފޮށިތަކުގައި ޕާޓީގެ ރައީސް އަތް އެޅުމުގެ ނަތީޖާ: އިބްރާ

މިއީ ޕާޓީގެ ވޯޓު ފޮށިތަކުގައި ޕާޓީގެ ރައީސް އަތް އެޅުމުގެ ނަތީޖާ: އިބްރާ

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 12:45
0

ނިމިގެން ދިޔަ ކައުންސިލް އިންތިޚާބުގައި ފެނިގެން ދިޔައީީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އިންތިޚާބު ތަކުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ފޮށިތަކުގައި އަތް އެޅުމު ނަތީޖާ ކަމުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީއިން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ރައީސް ނަޝިދު ނަންގަވަންޖެހޭކަމަށް ނުސީދާކޮށް ވިދާޅުވެ އިބްރާ ވިދާޅުވީ ޕާޓީގެ އެތެރޭގައި ބޭއްވޭ އިންތިޚާބުތަކަށް ޕާޓީގެ ރައީސަކަށް ހުންނަ މީހެއްގެ ނުފޫޒާއި ބާރު ފޯރުވައި އިންތިޚާބުތަކުގެ ތެރެއަށް އަތްބާނާ ކަމުގައިވަނަމަ ކޮންމެވެސް އެއް ހިސާބަކުން އޭގެ ނަތީޖާ ފެންނާނެކަމަށެވެ. މިފަހަރު އެމްޑީޕީގެ މެމްބަރުންނަށް އެ ނަތީޖާ ދައްކަން ޖެހުމީ އިލެކްޝަން ކޮމިޝަންގެ އިންތިޚާބުގައި ކަމަށް އިބްރާ ވިދާޅުވިއެވެ.

ޕާޓީގެ ވޯޓު ފޮށިތަކުގައި ޕާޓީގެ ރައީސް އަތް އެޅީމާ މެމްބަރުން ދާން ޖެހުނީ އިލެކްޝަން ކޮމިޝަނަށް ވޯޓު ފޮށިން އަޑު އިއްވަން. މިހާލަތުގައި ބަދަލަކަށް ވޯޓު ދޭކަށް ނުޖެހޭ. މީހަކު ދައްކަން ޖެހޭނީ.

– އިބްރާ ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރު މަޤާމަށް އެެމްޑީޕީގެ ޕްރައިމަރީގައި މިހާރުގެ މޭޔަރު ސިފާއާއި ވާދަކުރެއްވީ އެޕާޓީގެ ސެކަޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ. ބޮޑެތި އޮޅުވާލުންތަކާއި، މަކަރު ހެދުން ހުރިކަން ފާހަގަކުރި މިއިންތިޚާބުގައި ސިފާ ބަލިވެފައިވަނީ 200 ވޯޓު ތަފާތުންނެވެ. މި އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުންނާއި އިންތިޚާބުގައި ކަންކަން ގޮސްފައިވާ ގޮތުން އޭރު ގިނަ ބަައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއި އެކު ކައުންސިލްތަަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި ބޮޑު ބަޖެޓަކާއި ކައުންސިލަރުންގެ މުސާރަތަކަށް ގެނައި ބަދަލުތައް ހިމެނެއެވެ.

މިގޮތުން ސިޓީ މޭޔަރަކަށް މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި 40،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ޑެޕިއުޓީ މޭޔަރަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލް މެމްބަރުންނަށް 30،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000 ރުފިޔާ، ރަށު ކައުންސިލްގެ ރައީސަކަށް 23،000 ރުފިޔާ، ނައިބު ރައީސަށް 15،000 ރުފިޔާ ލިބިވަޑާއިގަންނަވާއިރު ކައުންސިލް މެމްބަރަކަށް 12،000 ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.