ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަން ފަށައިފި

ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 12:24
0

ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަން ފަށައިފިއެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށާފައިވާއިރު، ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ވަނީ 5،500 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައެވެ. ފައިޒާ ވެކްސިން ރާއްޖެއަށް ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ވެކްސިނަކީ ފިނިހޫނުމިން 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައިަކަމށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ދޭން ފަށާފައިވާއިރު މި ވެކްސިން ޖަހައިދޭނީ ވެކްސިންް ޖެހުމަށް ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ. އަދި ރަޖިސްޓްރީވެ، އެޕޮއިންޓްމަންޓް ހެއްދުމުން، އެ މީހުންނަށް ވެކްސިން ޖަހަންދާންވީ ވަގުތާއި ދާންޖެހޭ ތަން ފަަދަ މައުލޫމާތުތައް އެޗްޕީއޭ އިން ހިއްސާކުރާނެއެވެ.

ފައިޒާ ވެކްސިން ދޭނީ ރާއްޖެ އަށް ލިބިފައިވާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ދެވޭ ވަރަށެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް ރާއްޖޭގައި 3 ވެކްސިނަކަށް ވަނީ ހުއްދަ ދީފައެވެ. އެއީ ކޮވިޝީލަށް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒާ ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.