މާލޭގެ ރައްޔިތުން މޭޔަރުކަމުގެ ބުރަ އަދި ޒިންމާބޮޑު މަސްއޫލިއްޔަތު ހަވާލު ކުރައްވާފައިވަނީ ނުހަނު އިތުބާރާއި އެކުގައިކަމަށާއި، މާލޭ ރައްޔިތުން ކުރެއްވި އިތުބާރާއި ޔަގީންކަން ދައްކުވައިދޭނީ އަމާނާތްތެރިކަމާއިއެކު ނަތީޖާއިން ކަމުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ސިޓީގެ ރައްޔިތުން އިއްޔެ ނެގުނު ވޯޓުގައި ޑރ.މުއިއްޒުއަށް ދެއްވި ބޮޑު ތާއީދަށް ޝުކުރު އަދާކޮށް ވިދާޅުވީ ރައްޔިތުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު އަދާކުރުމުގައި އަމާނާތްތެރިކަމާއިއެކު ދެމި ހުންނަވާނެކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ކުރެއްވީ މާލޭގެ މައްސަލަ ހައްލުކޮށްދެވޭނެކަމަށް ގަބޫލުކޮށް ކަމަށާއި، އެކަން ނަތީޖާއިން ހާމަކޮށްދެއްވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
މާލޭ ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމުގައި ނަތީޖާ ނަރެދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑާއިމެދު އޮތްކަން މާލޭގެ ރައްޔިތުން ހާމަކޮށްދިނީތީ އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. ރައްޔިތުން ކުރެއއްވި އިތުބާރު، އަމާނާތްތެރިކަމާއިއެކު، ނަތީޖާއިން އަދާކޮށްދޭނަން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޜ.މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއެކު މަސައްކަތް ކުރާހާ ހިނދަކު ސަރުކާރާއެކު މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް އިސްނަގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މުއިއްޒު މިރޭވެސް ދެއްވި އެވެ. އެހެން ނަަމަވެސް ސަރުކާރުން ރައްޔިތުންނަށް ފައިދާ ނުވާކަމެއް ކުރާނަމަ އެކަމެއް ސަރުކާރަށް ހުށަހަޅައިގެން އެކަމެއް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުން ދިރިއުޅެނީ ވަރަށް ނިކަމެތި ހާލުގައި ފާހަގަކުރައްވައި އެހާލަތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ވިދާޅުވީ އެ ހާލަތުން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށާއި ސިޔާސީ ހިޔާލުތަފާތުވުންތަަކީ އަޅުގަނޑުމެންގެ ތަރައްގީއާއ މުސްތަގުބަލަަށް އެޅޭ ހުރަަހަކަށް ވިޔަ ދީގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ޒިންމާދާރުވެ ޒިންމާތަަކަށް އިސްކަންދޭން މުއިއްޒު އިލްތިމާސްކުރެއްވިއެވެ.
މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން، ޕީޕީއެމްގެ ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ