މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމު ބޮޑުތަނުން ކާމިޔާބު ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރ އަދި ޕީޕީއެމްގެ ނާއިބް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެ، އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ކަންކަން ހައްލުކުރުމުގައި ޑރ. މުއިއްޒު ބުރަކޮށް މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މުއިއްޒުއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މާލޭ މޭޔަރ ކަމަށް ހޮވުނު ޑރ.މުއިއްުޒުއަށް މަރުހަބާ. އަޅުގަނޑު އުންމީދު ކުރަނީ މާލޭގެ ކަންކަން ހަައްލު ކުރުމުގައި މަނިކުފާނު ބުރަކޮށް މަސައްކަތް ކުރައްވާނެކަމަށް. އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭންޖެހޭ އެއްބާރުލުން ދޭނަން.
– ނަޝީދު ވިދާޅުވިއެވެ.
މުޢިއްޒުއަށް މަރުހަބާ ދެންނެވުމުގެ އިތުރުން، ރައީސް ނަޝީދު ވަނީ އެމްޑީޕީން ހޯދި ކާމިޔާބީއަށްވެސް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީން ވަނީ މާލެ ފިޔަަވައި އެހެން ކައުންސިލްތަކުގެ އަޣްލަބިއްޔަތު ހޯދާފައިކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން 4 ސިޓީގެ ތެރެއިން ފުވައްމުލައް، އައްޑޫ އަދި ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީއާއި މޭޔަރުގެ މަޤާމު ލިބިފައިވަނީ އެމްޑީޕީއަށެވެ. އަދި ޕީޕީއެމްއަށް ވަނީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމާއި ކައުންސިލްގެ މެޖޯރިޓީ ލިބިފައެވެ.
ލޯކައިން ކައިންސިލް އިންތިޚާބުގައި އެމްޑީޕީ ހޯދި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުޚަބާ. އެމްޑީޕީން ވަނީ މާލެ ފިޔަވައި އެހެން ގިނަ ކައުންސިލްތައް ހޯދާފަ.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދަ ގޮތަކަށް ވިދާޅުވި ނަމަވެސް މާލޭގެ މޭޔަރުކަން އެމްޑީޕީއަށް ނާކާމިޔާބުވި ހިސާބުން މި އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާއިވާކަމަށް އެޕާޓީންގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ