މުއިއްޒުއަށް ދޭންޖެހޭ އެއްބާރުލުން ދޭނަން: ނަޝީދު

މުއިއްޒުއަށް ދޭންޖެހޭ އެއްބާރުލުން ދޭނަން: ނަޝީދު

Author
ހުސެއިން
11 އޭޕްރިލް 2021 11:08
0

އިއްޔެ މުލި ރާއްޖޭގައި ކުރިޔަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭ ސިޓީގެ ގިނަ ގޮޑިތައް ވެރިކަން ކުރާ އެމްޑިޕީއަށް ގެއްލި، އަދި ދިއިކޮޅު ޕީޕީއެމް މާލޭ ސިޓީ މޭޔަރުކަންވެސް ކާމިޔާބު ކުރުމާއި ގުޅިގެން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މާލޭގެ މޭޔަރުކަމަށް އިންތިޚާބު ވެފައިވާ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅު ވެއްޖެއެވެ.

މުއިއްޒުއަށް މަރުހަބާ ވިދާޅުވުމަށް ކުރެއްވި ޓުވީޓެއްގައި ނަޝިސު ވިދާޅުވެފައިވަނީ، މާލޭގެ ކަންކަން ހައްލު ކުރުމަށް މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، އަދި ކަންކަން ހައްލު ކުރުމުގައި މުއިއްޒުއަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމުގައެވެ.

އަދި މީގެ އިތުރުން، ނަޝީދު ވިދާޅުވެފައިވަނީ، މާލެ ފިޔަވައި އެހެން ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިވައިވާ ކަމަށާއި، އަދި ގޮޑިތައް ކާމިޔާބު ކުރެއްވި އެމްޑިޕީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭސިޓީ ފިޔަވާ އެހެން ސިޓީތަކުގެ މޭޔަރުކަން އެމްޑިޕީގެ ކެނޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ.

އެހެންނަމަވެސް މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވި އެމްޑިޕީގެ އަނަސް އަބުދުއްސައްތާރަށް ވަނީ ނާކާމިޔާބު ވެފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލެ ސިޓީގެ މެޖޯރިޓީވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ ނަގާފައެވެ. މިގޮތުން، މާލެސިޓީގެ 12 ގޮޑިއެއް ޕީޕީއެއްއިން ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީއަށް ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް ގެއްލިފައެވެ.

މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން، ޕީޕީއެމްގެ ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.