އެނބޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ތެޔޮބޯޓެއްގައި އަލިފާން ރޯވެގެން އުޅޭކަންމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަމުން ދާކަމަށެވެ.
އަލިފާން ރޯވެފައިވަނީ "ސީ ސްޓަރ" ނަމަކަށް ކިޔާ ތެޔޮ އުފުލާ ދަގަނޑު ބޯޓެއްގަ އެވެ. ހާދިސާ ހިނގިއިރު ބޯޓުގައި 4 މީހުން ތިބި ކަމަށާއި އޭގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ. ހާދިސާ ހިނގި އިރު ބޯޓުގައި ތިބި އެންމެން ރައްކާތެރިކަމާއެކު މިހާރު މާލެ ގެނެސްފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި މީހުން މާލެ ގެނައީ އެސަރަހައްދުން ދަތުރުކުރި އެހެން އުޅަނދެއްގައެވެ.

ތެޔޮ ބޯޓުގައި އަލިފާން ރޯވެފައި މި ވަނީ 60،000 ލިޓަރުގެ ޑީސަލް ބަރުކޮށްގެން މާލެއިން ލ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހަވީރު 17:50 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ