ރައީސް ނަޝީދު ވޯޓުފޮށިތަކަށް ޒިރާތްކުރަން ފެށުމުން ބޮޑެތި ހިންހަމަނުޖެހުން!

ރައީސް ނަޝީދު ވޯޓުފޮށިތަކަށް ޒިރާތްކުރަން ފެށުމުން ބޮޑެތި ހިންހަމަނުޖެހުން!

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2021 11:43
0

މިއަދު ކުރިއަށްދާ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާ ފުށިތަކުގެ ކައިރިއަށް ރައީސް ނަޝީދު ވަޑައިގެން ކުރައްވަމުންދާ މަސައްކަތްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

ރައީސް ނަޝީދު ގެންދަނީ އިންތިޚާބުގައި މިއަދު ހެނދުނު ވޯޓުލާން ފެށުމުގެ ފަހުން ބައެއް ފޮށިތަކުގެ ކައިރިއަށް ވަޑައިގެން ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާ މީހުންގެ އަދާއި، ވޯޓުލަށް މީހުން ނުދާތީ އެކަންކަން ބަލަން ނިކުންނަވާފައެވެ.

ރައީސް ނަޝީދު ވަޑައިގެން ފޮށި ކައިރީގައި ހުންނަވައި ދެއްވާ އިރުޝާދުތަކާއި ގުޅިގެން ބައެއްއާންމުން ވަނީ ރައީސް ނަޝީދާއި މުޚާތަބްކޮށް ވޯޓުލުން ކުރިއަށް ދަނިކޮށް ރައީސް ނަޝީދަށް ފޮށިތަކުގެ ކައިރިއަށް މިހެން ވަޑައިގެން ކެމްޕެއިން ނުކުރެވޭއްނެކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކަމުގައި އެ މީހުން ވަނީ ބުނެފައެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ހިންގުން އެކީ ބަދަލުވެގެންދާނެ އިންތިޚާބެއްކަމަށެވެ. ރައީސް ވަނީ ގިނަބަޔަކު ނުކުމެ ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓުފޮށްޓަށެވެ. އެއީ ޅ.އަތޮޅުގެ ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ މަރުކަޒެވެ.

މިއަދު ހެނދުނު 7:00އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާއާއި ސްރީ ލަންކާގައެވެ. މިއީ ނިސްބަތުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެޤައުމެވެ.

މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.