ރައީސްގެ ބޮޑު އުންމީދެއް އެމްޑީޕީއަށް، މާލޭގެ މޭޔަރުކަން 60 އިންސައްތައިން ކާމިޔާބުވާނެ

ރައީސްގެ ބޮޑު އުންމީދެއް އެމްޑީޕީއަށް، މާލޭގެ މޭޔަރުކަން 60 އިންސައްތައިން ކާމިޔާބުވާނެ

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2021 11:30
0

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމީޓީތަކުގެ އިންތިޚާބު އެމްޑީޕީން ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވަނީ އެމްޑީޕީއަށް މިއިންތިޚާބުގެ މުހިްމުކަމާއިމެދު ވާހަކަ ދައްކަވަފައެވެ. އަދި މި އިންތިޚާބު އެމްޑީޕީން ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ މިއިންތިޚާބުގައި އެމްޑީޕީއަށް މަޖިލިސް އިންތިޚާބުގައި ލިބު ވަރަށްބޮޑު ބޮޑު ކާމިޔާބީއެއް ލިބިގެންދާކަމަށެވެ. އަދި މާލޭގެ މޭޔަރުގެ ގޮޑި 60 އިންސައްތައަށްވިރެ މަތިން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އުންމީދުކުރަން އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް މާލެއާއި އެހެން ސިޓީތަކުން ލިބިގެންދާނެކަމަށް. އަމާޒަކީ ރައްޔިތުންގެ މަޖިލީހުގައި ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބީއެއް ލިބިގެންދިއުން. އެމަންޒިލަށް އަޅުގަނޑުމެންނަށް ވާސިލް ކުރެވޭ. މާލޭގެ މޭޔަރުކަން އެމްޑީޕީ ޔަގީނާއިއެކީގައި 60 ޕަސެންޓު ވަރުގެ ތަފާތަކުން އެންމެ ކުޑަކޮށްވެސް ނަގާނެ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ހިންގުން އެކީ ބަދަލުވެގެންދާނެ އިންތިޚާބެއްކަމަށެވެ. ރައީސް ވަނީ ގިނަބަޔަކު ނުކުމެ ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓުފޮށްޓަށެވެ. އެއީ ޅ.އަތޮޅުގެ ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ މަރުކަޒެވެ.

މިއަދު ހެނދުނު 7:00އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާއާއި ސްރީ ލަންކާގައެވެ. މިއީ ނިސްބަތުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެޤައުމެވެ.

މިއަދު ވޯޓުލުން ފެށި ވަގުތު އެކި ސަބަބުތަކާހެދި ތިން ރަށެއްގައި ވޯޓްލުން ލަސްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެއީ މ.ރަތްމަންދުއާއި ވ.ތިނަދޫގައެވެ. ރަތްމަންދޫއާއި ތ.ވިލިފުށްޓެވެ. މިރަށްރަށުގެ ވޯޓުލުން ފެށޭނީ 8:30 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.

މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.