ކައުންސިލް އިންތިޚާބު 2020: ވޯޓުލުމުގެ ތަރުހީބު ވަރަށްކުޑަ، އެއްވެސް ފޯރިއެއްނެތް

ކައުންސިލް އިންތިޚާބު 2020: ވޯޓުލުމުގެ ތަރުހީބު ވަރަށްކުޑަ، އެއްވެސް ފޯރިއެއްނެތް

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2021 09:47
0

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލުމުގެ ތަރުހީބު ފެނިގެންދަނީ ވަރަށް ކުޑަކޮށެވެ.

ކުރީގެ އިންތިޚާބުތަކުގައި ވޯޓު ލާ ދުވަހުގެ ހެނދުނަކީ ފޯރި ގަދަކޮށް، ހަލަބޮލިކޮށް ދާ ވަގުތެއް ނަމަވެސް މިއަދު ފެންނަނީ އެއާ އިދިކޮޅަށެވެ. މިއަދު ވޯޓު ލާން ފެށިއިރު ބައެއް ތަންތަނުގައި ކިއޫ ދަމާލާފައި އޮތަސް މިހާރު ގިނަ ތަންތަން އޮތީ ހުސްކޮށެވެ. ބައެއް ތަންތަނުގައި ވޯޓު ލާނެ މީހަކު ނެތް އިރު އިދާރީ ބައެއް ކަންކަމާ ހެދި ވެސް ވޯޓުލުން ނުފެށެއެވެ.

މީހުން ނުގޮސްގެން މިހަތަނަށް ބައެއް ރިސޯޓުތަކުގައިވެސް ވަނީ ވޯޓުލުން ނުފެށިއެވެ. ޤާނޫނުގައި ބުނާގޮތުން ވޯޓުލާން ފެށެނީ މަދުވެގެން ދެ މީހުން ވޯޓުލާން ދިއުމުންނެވެ. މާލޭގައި މީގެ ކުރިން އިންތިޚާބުތަކުގައި ފެންނަވަރުގެ އެއްވެސް ފޯރިއެއް މި އިންތިޚާބުގައި ފެނިގެން ނުދެއެވެ. ވޯޓުލާ ސަރަހައްދު ތަކުގައިވެސް އެއްވެސް ވަރަކަށް މީހުން ނެތްކަން ފާހަގަކުރެވެއެވެ.

ހެނދުނު 7:00އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާ އާއި ސްރީ ލަންކާގައެވެ. މިއީ ނިސްބަތުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެޤައުމެވެ.

މިއަދު ވޯޓުލުން ފެށި ވަގުތު އެކި ސަބަބުތަކާހެދި ތިން ރަށެއްގައި ވޯޓްލުން ލަސްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެއީ މ.ރަތްމަންދުއާއި ވ.ތިނަދޫގައެވެ. ރަތްމަންދޫއާއި ތ.ވިލިފުއްޓެވެ. މިރަށްރަށުގެ ވޯޓުލުން ފެށޭނީ 8:30 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.

މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.