އެއްވެސް ރައްޔިތަކު ވޯޓުލުމުގެ ހައްޤަކުން މަހުރޫމް ނުކުރެވޭނެ: އިލެކްޝަންސް

އެއްވެސް ރައްޔިތަކު ވޯޓުލުމުގެ ހައްޤަކުން މަހުރޫމް ނުކުރެވޭނެ: އިލެކްޝަންސް

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2021 10:45
0

މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެއްވެސް ދިވެހި ރައްޔިތަކަށް ވޯޓުލުމުން މަހުރޫމް ނުވާނޭ ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ އެންމެފަހުގެ ތައްޔާރީ ތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަށް ކޮމިޝަނުން މިހާރު ގާތް ގަނޑަކަށް ނިމިފައިވާކަމަށެވެ. އަތޮޅު ތެރޭގެ ރަށްތަކަށާއި، ރިސޯޓްތަކަށް ވޯޓު ފޮށިތަކާއި، އިފިޝަލުން މިހާރު ފޮނުވައި ވޯޓުލމަށް ތައްޔާރު ވެފައިވާކަމަށެވެ.

އިންތިޚާބާއި ގުޅިގެން ބައެއް ރަށްތަކުން ކަރަންޓީނުގައި ތިބި މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންނަށް ވޯޓުލުމާއިމެދު ސުވާލު އުފައްދައި އެކަމުގެ ޝަކުވާ ލިބެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މާދަމާ ވޯޓުލުމުގެ ޝަރުތު ހަމަވާ ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ސުވާލަކާއި ނުލައި ވޯޓުލުމުގެ ފުރުސަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަރަންޓީނުގައި ތިބޭ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންނަށްވެސް ވޯޓުލުމުގެ ފުރުސަތު އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް ދެއްވާފައިވާކަމަށާއި، އެހެންކަމުން އެފަދަ މީހުން ވޯޓުލާން ގޮސްގެން އެޅޭނެ ފިޔަވަޅެއްވެސް ނޯންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކަރަންޓީން ވެފައިތިބެއޭ ކިޔާފަ، ވޯޓުލާން ވަޑައިނުގަނެ ނުތިއްބަވާށޭ. ރަށްރަށަށްވެސް ވަޑައިގަނެވޭނެ ވޯޓުލާން، އަދި ރަށްރަށުގައި ކަރަންޓީނުގައި ތިއްބެވި ބޭފުޅުންނަށްވެސް ވަޑައިގަނެވޭނެ ވޯޓުލާން.

– ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަށް، ކަރަންޓިން ނުވެ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެވޭނެގޮތަށް އެޗްޕީއޭއީންވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭއިން ޢާންމުކުރި އުސޫލުގައި ބުނެފައިވަނީ ވޯޓުލުމަށްޓަކައި ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، އުވާލާފައިވާކަމަށެވެ. އެގޮތުން ވޯޓުލުމަށްޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރަށަށް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް އެޗްޕީއޭގެ އުސޫލުގައިވެއެވެ.

މާދަމާގެ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، މިއިންތިޚާބު އަމާން ސުލްހަވެރި އިންތިޚާބަށް ހެދުމަށް ސިޔާސީ ޕާޓީތަކާއި، އާންމު ރައްޔިތުންވެސް ދެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވޯޓް މޯޑް
ޅ ފެލިވަރުގައި ތިބި. ނައިފަރު. ރައްޔިތުން. ވޯޓު ލުމަށް ނައިފަރަށް އެރުން. ނައިފަރުގެ . އެއްމެ މަތީ . ޢިއްޒަތް .ތެރިން ކަމުގައިވާ. ނައިފަރު. އީއޯސީއިން . ވަނީ. ކަނޑައަޅާފަ! .އީސީ. ސަރީފޫ!!!!!!
ވ ވޯޓް 4 މޯޑް
ޅ ފެލިވަރުގައި ތިބި. ނައިފަރު. ރައްޔިތުން. ވޯޓު ލުމަށް ނައިފަރަށް އެރުން. ނައިފަރުގެ . އެއްމެ މަތީ . ޢިއްޒަތް .ތެރިން ކަމުގައިވާ. ނައިފަރު. އީއޯސީއިން . ވަނީ. ކަނޑައަޅާފަ! .އީސީ. ސަރީފޫ!!!!!!