މިއަދު ޕޮޒިޓިވްވީ 32 މީހުން، ރަނގަޅުވީ 67 މީހުން

މިއަދު ޕޮޒިޓިވްވީ 32 މީހުން، ރަނގަޅުވީ 67 މީހުން

ގުޅުންހުރި

ރާޢްޖެއިން އިތުރު 32 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ11،210އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00އަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 27 ދިވެހިންނާއި 5 ބިދޭސީންނެވެ. މީގެތެރެއިން 21 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އިތުރަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 9 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހެކެވެ.

ރާއްޖެއިން މިހާތަނަށް 11،210 މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު،  އޭގެ ތެރެއިން 7،185 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 4025އެވެ. ރާއްޖޭގައި މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 10002 މީހުންނެވެ. އޭގެ ތެރެއިން 39 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. އަދ ި348 މީހަކަށް ފަރުވާދެމުންދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 67 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،164އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދަށް 224 ދުވަސް ވެފައިވާއިރު، ރާއްޖެއިން މި ބަލީގައި މިހާތަނަށް 37 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެއިން އެންމެ ފަހުން މި ބަލީގައި މީހަކު ނިޔާވެފައިވަނީ މިއަދު ހަވީރުއެވެއެއީ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވެފައިވަނީ 30 ދިވެހިންނާއި 7 ބިދޭސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *