ރައީސުލްޖުމްހޫރިއްޔާ ޕޮލިސް ބޯޑު އެކުލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޕޮލިސް ބޯޑު އެކުލަވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2021 09:54
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެ މަތީން "ޕޮލިސް ބޯޑު" އެކުލަވައިލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވާލައްވާފައި މިއަދުވެއެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

މި ބޯޑުގެ އެކުލަވާލައްވާފައި ވަނީ 7 މެމްބަރުންގެ މައްޗަށެވެ.
1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.