ފޭސްބުކު މެދުވެރުކޮށް، ޚިދުމަތްތަކާއި އަދި ތަކެތި ވިއްކުމުގައި، ސައްޙަ ނޫން، ކަސްޓަމަރ ރިވިއުތައް ގަނެ ވިއްކަމުންދާ 16،000 އެކައުންޓެއް ބަންދު ކޮށްފައިވާ ކަމަށް، ދަ ބްރިޓިޝް ކޮމްޕެޓިޝަން އެންޑް މާރކެޓިންގ އޭޖެންސީ (CMA)އިން ހާމަ ކޮށްފިއެވެ.
މި ކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި، މިފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުންކުރާ މީހުންނަށް ރަގަޅުނޫން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކާ، ފައިސާ ޚަރަދު ކޮށްގެން، ކޮންޓެންޓް ރަގަޅު ކުރުމަށް މަސައްކަތް ކުރާ އެކައުންޓްތައް ދެނެގަނެ އަދި މިފަދަ އެކައުންޓުތައް ޑިލީޓު ކުރުމަށް މިހާރު އެކުންފުނިން ވަނީ އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި ފޭސްބުކުގެ އިތުރުން ފޮޓޯތައް ހިއްސާކުރުމަށް މަޝްހޫރު އިންޓަގްރާމްވެސް ހިމެނޭކަމަށް ދަ ބްރިޓިޝް ކޮމްޕެޓިޝަން އެންޑް މާރކެޓިންގ އޭޖެންސީ (CMA)އިން ހާމަ ކޮށްފައި ވެއެވެ.
"އަހަރެމެން ފާއިތުވެދިޔަ ތަނުގައި ދިޔައީ ދަ ބްރިޓިޝް ކޮމްޕެޓިޝަން އެންޑް މާރކެޓިންގ އޭޖެންސީ (CMA)އާއެކީ، މިމައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން،" ފޭސްބުކްގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
"ފޭކު ރިވިވް ޓަރާންސެކްޝަންތައް ފަދަ، ހުއްދަނޫން މުއާމަލާތްތައް ކުރަން އަހަރެމެންގެ ޕްލެޓްފޯމުން، ފުރުސަތެއް ނުދޭނެ،" ފޭސްބުކްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ ޖެނުއަރީމަހު، ދަ ބްރިޓިޝް ކޮމްޕެޓިޝަން އެންޑް މާރކެޓިންގ އޭޖެންސީ (CMA)އިން ވަނީ، ފޭސްބުކްގެ މެނޭޖްމަންޓާއެކު، "ފޭކް އަދި، ކަސްޓަމަރުންނަށް ސައްޙަ ނޫން މައުލޫމާތު ފޯރުކޮށްދޭ ފޭސްބުކް ޕޭޖްތަކާއި އަދި ގްރޫޕްތައް ބަންދުކޮށް އަދި، މިފަދަ ޕޭޖްތަކާއި ގްރޫޕްތަަކަށް އަލުން ހަރަކާތްތެރި ނުވެވޭގޮތް ހެދުމަށް،" އެގްރީމަންޓެއްގައި ސޮއި ކޮށްފައެވެ.
ކޮމެންޓު ފޮނުވާ