ތިމަރަފުށީ ކައުންސިލްގެ ރައީސްކަމަށް ކުރީގެ މެމްބަރު މުސްތަފާގެ ތާޢީދު ޕީޕީއެމްގެ ކެނޑިޑޭޓަށް

ތިމަރަފުށީ ކައުންސިލްގެ ރައީސްކަމަށް ކުރީގެ މެމްބަރު މުސްތަފާގެ ތާޢީދު ޕީޕީއެމްގެ ކެނޑިޑޭޓަށް

Author
ޢަލީ އާދަމް
09 އޭޕްރިލް 2021 05:48
0

ތިމަރަފުށީ ކައުންސިލްގެ ރައީސްކަމަށް ތާއީދު ކުރައްވަނީ ޕީޕީއެމްގެ ކެނޑިޑޭޓް މުޙައްމަދު ޝަރީފަށް ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީގުގެ ތިމަރަފުށީ ދާއިރާގެ މެމްބަރަކަށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކުރެއްވި މުސްތަފާ ގެންދަވަނީ އާންމުގޮތެއްގައި އަދުގެ ސަރުކާރަށާއި އެމްޑީޕީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މުސްތަފާ އަކީ ތިމަރަފުށީގެ މިހާރުގެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދުވެސް ފާޑުވިދާޅުވާ ބޭފުޅެކެވެ.

މީގެ އިތުރުން ކައުންސިލް މެމްބަރުންގެ ހަތަރު ގޮނޑިއަށްވެސް މުސްތަފާ ތާއިދުކުރާކަން ހާމަކޮށްފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށެވެ. އެހެންނަމަވެސް ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ކެނޑިޑޭޓް މުޙައްމަދު ޝަރީފަށް ވޯޓު ދިނުމަށް މުސްތަފާ ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަޝީދު
އެސޮރުގެ ދުވަސް ތިދިޔައީ