ޤައުމު އެދި ގޮވަނީ މުއިއްޒު ފަދަ ޚިދުމަތްތެރިންނަށް: އަނާރާ

ޤައުމު އެދި ގޮވަނީ މުއިއްޒު ފަދަ ޚިދުމަތްތެރިންނަށް: އަނާރާ

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2021 11:24
0

މިއަދު ރާއްޖޭގެ ހާލަތު އޮތްގޮތުން ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ޤައުމު އެދި ގޮވަނީ ކުރީގެ ހައުންސިން މިނިސްޓަރ ޑރ.މުއިއްޒުފަދަ ބޭފުޅުންނަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒާ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު ވޯޓުލުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިޚާބުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ މާލެ ސިޓީގެ މޭޔަރުގެ ގޮޑިއެވެ. މޭޔަރަކަށް ޑރ.މުއިއްޒުއަކީ އެންމެ ޤާބިލް އަދި މާލޭގެ ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ގެނެވޭނެ ހަމައެކަނި ކެނޑިޑޭޓްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މުއިއްޒަށް ތާއީދުކޮށް ރާއްޖޭގެ އެކި ފަންތީގެ އެކި ގިންތީގެ ބޭދުފުޅުންދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

މުއިއްޒުއަށް ތާއީދުކޮށް ކުރީގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ކުރެއްވި ޓްވީޓުގައި ވަނީ މުއިއްޒުގެ ބޮޑު ހިއްސާއެއް އޮވެގެން އަޅާފައިވާ ހުޅުމާލެ މާލެ ބްރިޖްގެ ފޮޓޯއަކާއި، ކިންގް ސަލްމާން މިސްކިތާއި، އެއާޕޯޓް ފެންނަން ފޮޓޯއެއްވެސް ހިއްސާ ކުރައްވާފައެވެ. އަނާރާ ވިދާޅުވީ ޤައުމު އެދި ގޮވަމުންދަނީ ޤައުމަށް މިތަރައްޤީ އިޔާދަ ކޮށްދެއްވޭނެ ބޭފުޅުންނަށް ކަމަށެވެ. މިއަދުމާލެ ސިޓީގެ ރައްޔިތުން އެދި ގޮވަމުންދަނީ އެބޭފުޅުންގެ މައްސަލަތަކަށް ހައްލު ގެނެސްދެވޭނެ ބޭފުޅަކު އިންތިޚާބު ކުރުމަށް ކަމަށާއި، އެބޭފުޅަކީ ޑރ.މުއިއްޒުކަމަށް އަނާރާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު އަކީ ޢަދާލަތު ޕާޓީން ސިޔާސީ މައިދާނަށް ތަޢާރަފްވެގެންއައި ކުޅާދާނަ ހިންގުންތެރިއެއް، ޤައުމުއެދި ގޮވަނީ މިފަދަ ބޭފުޅުންނަށް.

– އަނާރާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި މުއިއްޒަށް އޮތް ތާއީދާއި، އިންތިޚާބުގެ މިހާރުގެ ފެންނަ ކުލަވަރަށް ބަލާއިރު މިއިންތިޚާބު މުއިއްޒު ފަސޭހަ ކަމާއިއެކު ކަމިޔާބު ކުރާނެކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި މިފަހަރުގެ އިންތިޚާބުގެ މުޅި އެމްޑީޕީގެ ކެމްޕެއިންގެ އަމާޒަކީވެސް ޑރ.މުއިއްޒުއެވެ.

ރޭ އެމްޑީޕީން ބޭއްވި ކައުންސިލް ކެމްޕެއިން ނިންމުގެ ރަސްމިއްޔާތުގައިވެސް ހުރިހާ ބޭފުޅުންގެ އަމާޒަކަށް ވެފައިވަނީ ޑރ.މުއިއްޒުއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދިނުމެވެ. ނަމަވެސް މިވާހަތަކަށް ޑރ.މުއިއްޒުއެއްވެސް ރައްދެއް ނުދެއްވައި ވިދާޅުވަމުންދަނީ ޚިދުމަތް ދެއްވުމުގައި ނަތީޖާ ނެރެދެއްވާނެކަމަށެވެ. އަދި ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމުގައި ދެމިހުންނަވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.