ބޮޑެތި އޮޅުވާލުން އޮޅުވާލަމުންދަނީ ފުވައްމަލުކު ރައްޔިތުންނަކީ މޮޔައިންކަމަށް ދެކޭތީތޯ؟

ބޮޑެތި އޮޅުވާލުން އޮޅުވާލަމުންދަނީ ފުވައްމަލުކު ރައްޔިތުންނަކީ މޮޔައިންކަމަށް ދެކޭތީތޯ؟

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2021 11:06
0

މާދަމާ ބާއްވާ ކައުންސިލް އިންތިޚާބާއި ދިމާކޮށް ފުވައްމުލަކު ރައްޔިތުންނަށް ބޮޑެތި އޮޅުވާލުން އޮޅުވާލަމުންދަނީ ފުވައްމުލަކު ރައްޔިތުންނަކީ މޮޔައިންކަމަށް ދެކޭތީތޯ ކަމުގައި ކުރީގެ މިނިސްޓަރ މަލީހުގެ ސުވާލެއް ނާއިބް ރައީސް ފައިސަލް ނަސީމްއަށް ކުރިމަތި ކުރުވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުވައްމުލަކުގައި ނިންމާފައިވާ ބައެއް މަޝްރޫޢުތައް އިއްޔެ ނާއިބް ރައީށް ފައިސަލް ނަަސީމް އިފްތިތާހު ކުރެއްވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ މަލީހު ވިދާޅުވީ ވޯޓު ހޯދުމަށްވެސް ރައްޔިތުންނަށް އޮޅުވާލުން އޮޅުވާނުލައި ހަގީގަތް ހާމަކުރަންޖެހޭ ކަމަށެވެ. ނިމިފައިހުރި ކަންކަން އަލުން އިފްތިތާހުކޮށް ކުރެވޭ ކަންކަންވެސް ރަނގަޅަށް އެގެންޖެހޭކަމަށެވެ. ބޮޑެތި މަޝްރޫޢުތަކެއްގެ ނަމުގައި ރައްޔިތުންނަށް ދަޅަދައްކައިގެ ސުރުހީ ހެދުމުގެ ޒަމާން މިއަދު މާޒީ ވެފައިވާކަމަށް މަލީހު ވިދާޅުވިއެވެ.

މާތްކަލާކޯ ޕީޕީއެމް ސަރުކާރުން އަޅާނިންމާފަ އޮތް ނަރުދަމާ ނިޒާމެއްގެ އަމަލީ މަސައްކަތް ތިޔަ އިފްތިތާހުކުރީ. އިންޖީނުގެ ޕްރޮޖެކްޓް ހަވާލުކުރެވެން ކައިރިވެސް ނުވޭ. ފެނަކަ ހެޑް އޮފީސް ބިން އަދި ހަމަނުޖެހޭ. ކެމްޕޭނަކަށް ބަލާނުލާ މިފަދަ ކަންކަން ކުރަނީ ފުވައްމުލަކު މީހުން މޮޔަކަމަށްތޯ؟

– މަލީހު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއި ދިމާކޮށް އެމްޑީޕީން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފަށާފައިވާ ބައެއް މަސައްކަތްތަކާއި، އަދި ފުށުމަށް އަދި މަޝްވަރާގައިވާ ކަންކަންވެސް ރަށްރަށުގައި އިފްތިތާހު ކުރަމުންނެވެ. އަދި ބައެއް ރަށްރަށަށް ސާމާނު ގެންދިއުމަށްފަހު އެކަންކަންވެސް ބޮޑެތި މަޝްރޫޢުގެ ގޮތުގައި އިފްތިތާހުކޮށް ރައްޔިތުންނަށް ގެންދަނީ ކުލަހުވަފެން ދައްކަވަމުންނެވެ.

ކައުންސިލް އިންތިޚާބާއި ދިމާކޮށް މިސަރުކާރުން ރަށްރަށުގައި ފަށާގައިވާކަމަށް ބުނާ ގިނަ މަޝްރޫޢުތަކަކީ މީގެ އެހަރުތަކެއް ކުރިން ރަށްރަށުގައި ހިނގަމުންދާ މަޝްރޫޢުތަކެވެ. މިސަރުކާރަށް މާދަމާ ބާއްވާ އިންތިޚާބުގެ އެންމެބޮޑު ހުރަހަކީވެސް ތަރައްޤީގެ މަސައްކަތްތައް ރައްޔިތުން އެދޭވަރާއި ގާތަށްވެސް ނުކުރެވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.