ޝުޖާ: ވަރުބަލިވުމެއްނެތް ޚާދިމެއް، ކުރިމަތިލަނީ ޔަގީންކަމައި އިތުބާރާއިއެކު ހައްލު ގެނެސްދޭން

ޝުޖާ: ވަރުބަލިވުމެއްނެތް ޚާދިމެއް، ކުރިމަތިލަނީ ޔަގީންކަމައި އިތުބާރާއިއެކު ހައްލު ގެނެސްދޭން

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2021 10:49
0

މާދަމާ ބައްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރައްޔިތުންގެ އެންމެބޮޑަށް އެދިއެދިތިބީ މިއަދު ރައްޔިތުން އުޅެމުންދާ ދަތިހާލަތު ބަދަލުކޮށްދޭނެ ބަޔަކު ކައުންސިލަތަކަށް އިންތިޚާބުވުމަށެވެ. ކައުންސިލް އިންތިޚާބުގައި އެތައްބައެއްގެ ނަޒަރު ހުއްޓިފައިވާ އެއްދާއިރާއަކީ ހުޅުމާލެ ދާއިރާއެވެ. ހުޅުމާލެއަކީ މިހާތަނަށްވެސް ކުންފުންޏެއްގެ ދަށުން ބެލަހައްޓަމުންދާ ކައުންސިލެއްގެ ބާރުވެރިކަންނުލިބި އޮތް ރާއްޖޭގެ ހަމައެކަނި ދާއިރާވެސް މެއެވެ.

މާދަމާ ބާއްވާ ކައުންސިލް އިންތިޚާބަށް ހުޅުމާލޭގެ ރައްޔިތުންގެ އުންމީދުތައް ހުރީ ރާއްޖޭގެ އެހެން ދާއިރާތަކުގެ ރައްޔިތުންނާއި ޚިލާފަށް ވަރަށް މަތީގައެވެ. ސަބަބުތައް ބައިވަރެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ތަރައްޤީއަށް ކުރައްވަމުންދިޔަ އެތައްކަމެއް މަޑުޖެހި، ލިބެމުންދިޔަ އެތައް އާމްދަނީއެއް ހުއްޓި، ރައްޔިތުންނަށް ކުރިމަތިވަމުނދާ ދަތި އުދަނގޫ ކަންތައްތައްތައް އެހާމެ ގިނައެވެ. މިކަންކަން ހައްލުކޮށްދިނުމަށް މިކަންކަމާއި ކުރިމަތިލާފައިވާ އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް ޝުޖާއަކީ ހުޅުމާލޭގެ ޕްލޭން ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ހުޅުމާލެއަށް ފަރިތަ ބޭފުޅެކެވެ.

ހުޅުމާލޭ މަސްވެރިންނާއި، އޮޑިވެރިންގެ ކަންބޮޑުވުން އޮޅުންފިލުވައި، ޝުޖާގެ ވައުދުތަކެއް!

ކުރީގެ ބާރަށު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ޝުޖާއަކީ އެދާއިރާގެ ތަރައްޤީގެ ކައްޕިތާނެވެ. ބާރަށު ދާއިރާއިން މިއަދު ފެންނަން ހުރި ތަރައްޤީގެ މޭސްތިރިއަކީ ޝުޖާއެވެ. އަމިއްލަ ވެރިކަން އޭރު އޮތްނަމަވެސް ދާއިރާގެ ތަރައްޤީއަށްޓަކައި ޝުޖާގެ އުދަގޫ ނުޖެހޭ މިނިސްޓްރީއެއް ވުޒާރާއެއް، ކުންފުޏެއްނެތެވެ. ތަރައްޤީއަށްޓަކައި، ދާއިރާގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި ޓަކިނުޖަހާ އެންމެ ދޮރެއްވެސް އޭރު ސަރުކާރުގައި ނެތެވެ. ޝުޖާގެ މިންނެތް މަސައްކަތުން އެދާއިރާއަށް އައިސްފައިވާ ހެޔޮބަދަލު މިއަދުވެސް އެދާއިރާގެ ރައްޔިތުން ބަލައި ގަންނަނީ ނުހަނު އުފަލާއެކުގައެވެ.

ރައީސް ޔާމީން ހއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޝުޖާ ރައީސް ޔާމީނާއިއެކު، ފޮޓޯ: ރައީސް އޮފީސް

ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް ޝުޖާ ވާދަކުރައްވަނީ މިތަޖުރިބާއާއި، އެކުގައެވެ. ޝުޖާއަކީ ކެމްޕެއިންތަކަށް ނުހަނު ފަރިތަ ބޭފުޅެކެވެ. މާދަމާ ވޯޓުއަޅަން ތައްޔާރުވާއިރު، ޝުޖާވަނީ ހުޅުމާލޭގެ ކޮންމެ ގެއަކަށް ވަކިވަކިން ޒިޔާރަތްކޮށްފައެވެ. ކޮންމެ ދާއިރާއެއްގެ ބޭފުޅުންނާއި ސީދާ އަމިއްލައަށް ވަޑައިގެން އެބޭފުޅުންގެ ކަންބޮޑުވުމާއި، އިހުސާސްސަތަައް އޮޅުން ފިލުވާފައެވެ. މައްސަލަތަކަށް ސީދާ ހައްލު ހުށަހެޅެއްވި ހުޅުމާލެ ދާއިރާއަށް ވާދަކުރާ ހަމައެކަނި ކެނޑިޑޭޓަކީވެސް ޝުޖާއެވެ.

ހުޅުމާލެ ރީތި ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް މަަސައްކަތްކުރާ ދައްތަމެންގެ އުޖޫރަ އިތުރުކޮށްދޭނަން: ޝުޖާ

ޝުޖާގެ ސިޔާސީ މަސައްކަތް ފެށުނު ދުވަހުން ފެށިގެން މިއަދާއި ހަމަޔަށްވެސް އެންމެބޮޑު އަމާޒަކަށް ވެފައިވަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމެވެ. އަދި މިޚިދުމަތުގައި ދެމިހުންނަވާއިރު، އޭނާ ހުއްޓުވުމުމަށް ހުށަހަޅާ ހުށަހެޅުމަކަށް، ދައްކާ މަންޒަރަކަށް ވިކޭނެ މީހެއްނޫންކަން ވަރަށް ސާބިތުކަމާއިއެކު އެނާ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. ރައްޔިތުންގެ ހައްގުގައި ޤައުމުގެ ހައްގުގައި ސަރުކާރު ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުމަށްޓަކައި މިއަދުވެސް އިދިކޮޅު ކޯލިޝަންގެ ޖަޑިބަކީ ޝުޖާއެވެ.

އިދިކޮޅުން މާލޭގައި ކުރި ބޮޑު މުޒާހަރާއެއްގެ ތެރެއިން

ޝުޖާ މިއިންތިޚާބުގައި ވާދަކޮށް ހުޅުމާލޭގެ ބޮޑު ތާއީދެއް ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރާނެކަމީ މިއަދު ހުޅުމާލޭގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންވެސް ގަބޫލުކުރާ އެއްހަގީގަތެވެ. ހުޅުމާލޭގެ ކަމުވޮށިވެގެންވާ އެންމެނާއި، ހުރިހާ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅުންވެސް މިއަދު ތިއްބެވީ ޝުޖާގެ ފަހަތުގައެވެ. ސަބަބުތައް ބައިވަރެވެ.

ރިޒުނާއާއި ވާދަކުރި އެމްޑީޕީގެ ދެ ކެނޑިޑޭޓުންގެ ތާއީދުވެސް ޝުޖާއަށް

ޝުޖާއަކީ ޚިދުމަތް ދިނުމުގައި ވަކިކުލައަކަށް ވަކި މީހަކަށް އިސްކަން ދޭނެ މީހަކަށް ނުވުމެވެ. ކޮންމެ ޕާޓީއެއްގެ ކޮންމެ ފިކުރެއްގެ އަދި ކިތަންމެ ނިކަމެތި މީހަކީވެސް ޝުޖާއާއި ވާހަކަދެކެވޭނެ، ޚިދުމަތްތެތެރިއަކަށް ވުމެވެ. މިހުރިހާ ސަބަބުތަކަށްޓަކައި މިފަހަރު ހުޅުމާލޭ ރައްޔިތުންގެ ނިންމުން ނިންމައިގެންތިބީ މާދަމާގެ އިންތިޚާބާއިއެކު ހުޅުމާލޭގެ ތަރައްޤީގެ އާސަފްހާއެއް ޝުޖާއާއިއެކު ފެށުމަށެވެ. ރައްޔިތުން އެދޭ ތަރައްޤީއާއި ކުރިއެރުން އަލުން އިޔާދަކޮށްދިނުމަށް ޝުޖާ އިންތިޚާބު ކުރުމަށް ކެތް މަދުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.