ރައީސް މައުމޫންގެ ދެކަނބަލުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވައިފި

ރައީސް މައުމޫންގެ ދެކަނބަލުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2021 08:12
0

ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ކޮވިޝިލްޑް ވެކްސިންގެ 2 ޑޯޒް ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމްގެ ދެކަނބަލުން ފުރިހަމަ ކުރައްވައިފިއެވެ.

ރައީސް މައުމޫންގެ ދެ ކަނބަލުން ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަ ކުރައްވާފައިވަނީ ފެބްރު އަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ދެކަނބަލުން ކޯވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކުރެއްވީ ސެނެހިޔާ ހޮސްޕިޓަލުންނެވެ. ރައީސް މައުމޫންގެ ދެކަނބަލުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައިވައިރު ރައީސް މައުމޫން ވަނީ ކޯވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާވެސް ކުރައްވާފައެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 10،000 އިން މައްޗަށް އަރާފައެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ޖަހައިދިނުން ކުރިއަށްގެންދެ އެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވެކްސިންގެ ދެވަނަޑޯޒް ދިނުން ކުރިއަށްގެންދަނީ ސޯޝަލް ސެންޓަރުގެ އިތުރުން، ނޭޝަނަލް އާޓްގެލެރީ، ހުޅުމާލޭ ވެކްސިން ސެންޓަރ، އަދި ސެނެހިޔާގައި ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ޖަހައިދެނީ ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.