ފައިޒަރ ވެކްސިން އަންނަ އާދީއްތަ ދުވަހު ދޭން ފެށުމަށް ނިންމައިފިއެވެ.
އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ޖަހައިދޭނީ އެޕޮއިންޓްމަންޓް އުސޫލުން، ބަލި ހާލަތަށް ބެލުމަށްފަހުއެވެ. އޭގެ ތެރޭގައި 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނާއި، 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ބުންޏެވެ. ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް އެޗް.ޕީ.އޭ ގެ ވައިބަރ/ޓްވިޓަރ އެކައުންޓްގައިވާ ގޫގަލް ލިންކް މެދުވެރިކޮށް ކުރެވޭނެކަމަށްވެސް އެޗްޕީއޭއިިން ބުންޏެވެ.
ފައިޒާ ވެކްސިން ދިނުމަށް ނިންމާފައިވާ ބަލި މީހުންގެ ތެރޭގައި:
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން
- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން
- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން. އޭގެތެރޭގައި ތިރީގައިވާ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.
Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine,
Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib - ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)
އެޗްޕީއޭއިން ބުނީ ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ޙާލަތްތައް ހުންނަ ކުދިންނަށްވެސް އެވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެތެރޭގައި:
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން
- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން
- ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިން، އޭގެ ތެރޭގައި ތިރީގައިވާ ބޭސްތައް ބޭނުންކުރާ ކުދިން ހިމެނެއެވެ.
Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine,
Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib - ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)
- ހަކުރުބަލީގެ ކުދިން
- ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
- ޑައުންސިންޑްރޯމް ހުންނަ ކުދިން
- ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
- އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަނގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާ)
އެހެންކަމުން އެފަދަ ބަލި ޙާލަތު މެދުވެރިފައިވާ މީހުން ފައިޒަރ ވެކްސިން ޖެހުމަށްޓަކައި ރަޖިސްޓަރ ކުރެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ވެކްސިން ޖަހަމުންގެންދާނީ
ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންކަމަށާއި، މިވެކްސިން މިވަގުތު ދޭނީ މާލެ ސަރަޙައްދުގަކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އަދި ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންކަމަށާއި، މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަން ދޭނެކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ދީފައިވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އޭގެ 2 ލައްކަ ވެކްސިން ދިނުމަށްފަހު މިހާރު ފަށާފައިވަނީ ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިން ދިނުމެވެ. ޗައިނާއިންވެސް ވަނީ 2 ލައްކަ ވެކްސިން ހަދިޔާކޮށްފައެވެ.
ކޮމެންޓު ފޮނުވާ