ވެލާވަރު ރިސޯޓަށް ދިޔަ އިލެކްޝަންސްގެ އޮފިޝަލުން އެރަށަށް ނޭރުވި

ވެލާވަރު ރިސޯޓަށް ދިޔަ އިލެކްޝަންސްގެ އޮފިޝަލުން އެރަށަށް ނޭރުވި

Author
މުޙައްމަދު ޖިމީ
08 އޭޕްރިލް 2021 07:14
0

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައ،ި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިނ،ް އަންސާނާ ވެލާވަރު ރިސޯޓަށް ދިޔަ އިލެކްޝަންސްގެ އޮފިޝަލުން އެރަށަށް ނޭރުވިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އެ ރިސޯޓަށް އެރުމުގެ ހުއްދަ ނުދިނުމުން އިލެކްޝަންސްގެ އޮފިޝަލުން ކައިރި ރަށަކަށް ފޮނުވާފައިވާކަމަށާއި، ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ 61 މީހުންނަށް ވޯޓު ލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އިލެކްޝަންގެ އޮފިޝަލުން ވެލާވަރު ރިސޯޓަށް ނޭރުވި ސަބަބެއް ނޭނގެއެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބަހައްޓާން ބޭނުންވާ ކޮންމެ ރަށެއްގައި ވޯޓުފޮށި ބެހެއްޓޭނެކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައިރާާއްޖޭގެ 173 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އިންތިޚާބު ކުރިއަށްދާނެ މަރުކަޒުތަކށް ބޭނުންވާ ހުރިހާ ވޯޓު ފޮށްޓަކާއި، ވޯޓު ފޮށި އަދި އެހެނިހެން ސާމާނު ރިސޯޓްތައް ފިިޔަވާ ހުރިހާ ރަށަކަށް މިހާރު ވަނީ ފޮނުވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މާދަމާގެ ނިޔަލަށް ރިސޯޓްތަކަށްވެސް އެތަނެކތި ފޮނުވާ ނިމޭނެކަމަށް ބުނެފައެވެ.

މިފަހަރުގެ އިންތިޚާބު ކުރިއަށްދާނީ ކޯވިޑް-19ގެ ސަބަބުން ބަލުން ރައްކާތެރިވުމަށް އެޗްޕީއޭގެ ޚާއްޞަ ފިޔަވަޅުތަކާއެކުއެވެ. އެހެންކަމުން މިފަހަރު ހުރިހާ ރިސޯޓެއްގައިވެސް ވޯޓު ލެވޭނެ އިންތިކޒާމް އެޗްޕީއޭގެ ގައިޤލައިންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންޖެހެއެވެ.

އެޗްޕީއޭއިން ވަނީ ވޯޓުލުމަށް ބޭނުންވާ ހުރިހާ އެންމެނަށް ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދަތުރުކުރެވޭނެ ގޮތް މިމަހުގެ11ގެ ނިޔަލަށް ހަމަޖައްސާފައެވެ. އެގޮތުން ކަރަންޓީގައި އޮތް ރަށަކަށްވެސް ވޯޓުލުމަށް ދެވޭނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.