ދިއްދޫ ބަދަރު ބޮޑު ކުރުމުގެ މަސައްކަތަށް ތައްޔާރުވެއްޖެ

ދިއްދޫ ބަދަރު ބޮޑު ކުރުމުގެ މަސައްކަތަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2021 02:14
0

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުالله ވާހީދާއި، އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުالله
ސިރާޖުއާއި، ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، 000,78 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ޙަވާލުކުރި މި މަޝްރޫޢު އަކީ 87.69 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.