އަންނަ ހޮނިހިރި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ދެ ރައީސުންނާއިއެކު އއ. ރަސްދޫގައި ބޭއްވުމަށް ހަމަޖެހިއްޖެހިފައިވާ ޖަލްސާއަށް ދަތުރު ފަށައިފިއެވެ.
އެމްޑީީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއިއެކު ދަތުރަށް ފުރާފައިވަނީ ހުޅުމާލެ ޖެޓީ ސަރަހައްދުންނެވެ. ދަތުރަށް ފުރާފައިވަނީ9:30ގައެވެ. މިދަތުރުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް ވަޒީރުންނާއި، މެމްބަރުންވެސް ބައިވެރިވެފައިވެއެވެ. ރައީސް ޞާލިހު މިދަތުރުގައި ބައިވެރިވަމީ މިއަދު މެންދުރުފަހު 15:30 ގައެވެ.
???????#ތިލަފަތަށް pic.twitter.com/qnI0AecLkk
— #RahvehiFathis ? (@Simwarr) April 8, 2021
ކެމްޕެއިން ނިންމުމަށް ބާއްވާ ކަނޑުމަތީގެ ހަރަކާތްތަކުގައި އެމްޑީންވަނީ ސަފާރީގައި ލައިވް ސްޓޫޑިއޯއެއްވެސް ހަދާފައެވެ. މި ސްޓޫޑިއޯގައި ލައިވް ކަވަރޭޖް ގެންދިއުމަށްސް ވަނީ ހަމަޖެހިފައެވެ. މުޅި އިވެންޓް އެކީ ދައުލަތުގެ މީޑިޔައިން ދަނީ ގެންސް ދެމުންނެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމާލުމަށް “އާވިލުން ޖަލްސާ”ގެ ނަމުގައި ބާއްވާ މި ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ބައެއް ކެންޑިޑޭޓުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އަށް މާލެއިން ރަސްދޫ އަށް ވަޑައިގަންނަވާ ބޭފުޅުން އެ ރަށަށް ފައިބައިވަޑައިނުގަންނަވާއިރު، ރަސްދޫއަށް ވަޑައިގަންނަވާ ބޭފުޅުން އެރަށުގެ ބަނދަރުގައި ބޯސާޖަހާފައިވާ ދޯނިތަކެއްގައި ތިއްބަވައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިޖަލްސާ ދައުލަތުގެ މީޑިޔާއިން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، މިޖަލްސާގައި ރައީސް ޞާލިހުއާއި، ރައީސް ނަޝީދުވެސް ވާހަކަ ދެއްލުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
ކޮމެންޓު ފޮނުވާ